ވާރޗުއަލްކޮށް ބޭއްވި "ސޮލިޑަރިޓީ ކޯލް ޓު އެކްޝަން" ގައި ދިވެހިރާއްޖޭގެ ފަރާތުން ހެލްތު މިނިސްޓަރ އަމީން ބައިވެރިވެވަަޑައިގަންނަވަނީ / ފޮޓޯ: ހެލްތު މިނިސްޓްރީ
ވާރޗުއަލްކޮށް ބޭއްވި "ސޮލިޑަރިޓީ ކޯލް ޓު އެކްޝަން" ގައި ދިވެހިރާއްޖޭގެ ފަރާތުން ހެލްތު މިނިސްޓަރ އަމީން ބައިވެރިވެވަަޑައިގަންނަވަނީ / ފޮޓޯ: ހެލްތު މިނިސްޓްރީ
ކޯވިޑް-19އަށް ފަރުވާއެއް ނުވަތަ ވެކްސިނެއް ތައްޔާރުކުރެވިއްޖެނަމަ، ދުނިޔޭގެ ހުރިހާ ޤައުމަކަަށްވެސް އެ ވެކްސިނެއް ބޭނުންކުރެވޭނެ ފުރުޞަތު ހަމަހަމަކަމާއެކު ހޯދައިދިނުން މުހިންމުކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަމީން، މިހެން ވިދާޅުވީ ޑަބްލިޔު.އެޗް.އޯއާއެކު ކޯވިޑް-19ގެ ކަންކަމުގައި ދުނިޔޭގެ ހުރިހާ ޤައުމުތައް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ކޮސްޓަރިކާއިން އިސްނަގައިގެން ސްވިޓްޒަލޭންޑްގެ ޖެނީވާގައި ވާރޗުއަލްކޮށް ބޭއްވި ސޮލިޑަރިޓީ ކޯލް ޓު އެކްޝަން، ބައްދަލު ވުމުގައި ދިވެހިރާއްޖެ ތަމްސީލް ކުރެއްވުމުގެ ގޮތުން ދެއްވި ބަޔާނުގައެވެ.

މިނިސްޓަރގެ މިބަޔާނުގައި ވިދާޅުވެފައިވަނީ ދުނިޔޭގައި އެއްބަޔަކު އަނެއްބަޔަކާއި ގުޅިފައިވާ މިންވަރާއި، ކަންކަމުގައި ބަރޯސާވާންޖެހޭ މިންވަރު ކޯވިޑް-19އާއެކު ވަރަށް ރަނގަޅަށް ވަޒަންކޮށްލެވޭކަމަށެވެ. އަދި ޞިއްހީ ކުއްލި ނުރައްކަލުގެ ޙާލަތަކަށް ދުނިޔޭގެ ގިނަ ޤައުމުތަކުން އެންމެ އެކަށީގެންވާ ގޮތެއްގައި ތައްޔާރުނުވާކަމާއި، ޤައުމުތަކުގެ ނާޒުކުކަން މި ބަލިމަަޑުކަމުގެ ތެރެއިން ހާމަވާކަމަށްވެސް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ކޯވިޑް-19ގެ ސަބަބުން އާއްމު ސިއްހަތަށް ނުރައްކާވުމާއި، ދުނިޔޭގެ ޤައުމުތަކުގެ ޞިއްހީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވުމުގެ އިތުރަށް މުޅި ދުނިޔޭގެ ޢިޤްތިޞާދަށް ވެސް ބަލީގެ އަސަރު ކޮށްފައިވާ ކަމުގައި މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ކޯވިޑް-19ގެ ނުރައްކާ ދުނިޔޭގެ ހުރިހާ ޤައުމަކަށްހެން ފޯރާފައިވާ މި ދަނޑިވަޅުގައި ބައެއް ޤައުމުތަކުގެ ޙާލަތު ކަންބޮޑުވާންޖެހޭ ދަރަޖައަށް ގޯސްވެފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ އަމީން ވިދާޅުވީ، މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މި ނުރައްކާތެރި އަދި އުނދަގޫ ޙާލަތުން އަރައިގަނެވޭނީ ހުރިހާ ޤައުމުތައް ގުޅިގެން ކުރެވޭ މަސައްކަތުންކަމަށެވެ. އަދި މިކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގައި އެއްވެސް ބައެއްގެ އިންސާނީ ކަރާމާތަށް އުނިކަން ނާންނާނެހެން، އެންމެ އަސާސީ ހައްޤުތައް ކަަށަވަރުކޮށްދީ ޞިއްހީ ފަރުވާ ހޯދުމުން އެއްވެސް ބަޔަކު މަހުރޫމް ނުވާނެހެން ކަންކަން ބަައްޓަން ކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޢަބްދު ﷲ އަމީން ދެއްވި ބަޔާނުގައި ރައްޔިތުންނަށް ފެންވަރު ރަނގަޅު ޞިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ފާހަގަކުރައްވާ، ކޯވިޑް-19 އަށް ފަރުވާއެއް ނުވަތަ ވެކްސިނެއް ތައްޔާރުކުރެވިއްޖެނަމަ، ތަރައްޤީވެފައިވާ ޤައުމުތަކާއި ވަޞީލަތްތައް މުއްސަނދި ޤައުމުތަކެކޭ އެއްގޮތަށް ރާއްޖެފަދަ ތަރައްޤީވަމުންއަންނަ ޤައުމުތަކަށްވެސް އެފަރުވާ ނުވަތަ ވެކްސިން ލިބެންވާނެކަން ހާމަކުރެއްވިއެވެ.

މިކަމުން އަރައިގަނެވޭނީ ހަމައެކަނި ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކޮށް އެއް ޤައުމުން އަނެއް ޤައުމަށް އެހީތެރިކަން ފޯރުކޮށްދީގެންކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ. އަދި ހުރިހާ ޤައުމުތަކަކުން ގުޅިގެން ހެލްތު ޓެކްނޮލޮޖީގެ ބޭނުން ހިފޭނެގޮތްހެދުމަށާއި، މަޢުލޫމާތު ބަދަލުކޮށް، ކޯވިޑް-19ގެ ކަންކަމުގައި އެއް ޤައުމުން އަނެއް ޤައުމަށް އެއްބާރުލުންދިނުމަށް މިނިސްޓަރ އަމީން ދެއްވި ބަޔާނުގައި ގޮވާލައްވާފައިވެއެވެ.

މި ބައްދަލު ވުމަކީ ކޮސްޓަރިކާއިން އިސްނަގައިގެން ޑަބްލިޔު.އެޗް.އޯއާއި އެކު ކޯވިޑް-19ގެ ކަންކަމުގައި ހެލްތު ޓެކްނޮލޮޖީސްގެ ގްލޯބަލް ރިސޯސް ޕޫލެއް އެކުލަވާލައި، އެއަށް ހުރިހާ ޤައުމުތަކަށް އެކްސެސްވެވޭނެ ގޮތަކަށް ހެދުމަށް ގޮވާލާ ގޮވާލުމެއް ކަން ފާހަގަކޮށްލެވެއެވެ. ކޯލް ޓު އެކްޝަންގައި ޤައުމުތަކުގެ ބޮޑުވަޒީރުންނާއި، ސިއްޙަތާއިބެހޭ ވަޒީރުންނާއި، ދުނިޔޭގެ ޞިއްހީ ދާއިރާއާއި ފަންނީ އެހެން ދާއިރާތަކުގެ އެންމެ މަތީ ފަންތީގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ކޯލްގައި މިހާތަނަށް ދުނިޔޭގެ 34 ޤައުމަކުން ވަނީ ބައިވެރިވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު


-9

ބަކުރު

02-Jun-2020

މަނިކްފާންތިހެއްދެވީގޯހެއް.ތިގޮތައްތިކްންނުކުރޭ.ދެންހިތާމަކުރާވަރުބޮނުވާނެ.



ޓްރެންޑިން