އެއްވެސް ބަޔަކާއެކު ކޯލިޝަނެއް ހެދުމަށް ޖުމްހޫރީ ޕާޓީން މަޝްވަރާ ނުކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ ކުރީގެ މެމްބަރު އަދި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރ އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.
މިދިޔަ އަންގާރަ ދުވަހު ޅ. ކުރެންދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ޖޭޕީއާއިއެކު ކޯލިޝަނެއް ހަދަން ތައްޔާރަށް އޮތްކަމަށް ޕީޕީއެމްގެ ރައީސް އަބްދުالله ޔާމީން ވަނީ ވިދާޅުވެފައެވެ. އަދި އެކަމަށް ބާރުދެއްވައި ރާއްޖޭގެ ސިޔާސީ ދާއިރާގައި ޙަރަކާތްތެރިވާ އެކިއެކި ފަރާތްތަކުން ގެންދަވަނީ ބަސް ވިދާޅުވަމުންނެވެ. އޭގެތެރޭގައި ބިލެއްދޫ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު މުބީންވެސް ހިމެނިވަޑައިގަންނަވއެވެ.
އެގޮތުން މަޖިލީހުގެ ކުރީގެ މެންބަރު މުބީން ވިދާޅުވީ ޖުމްހޫރީ ޕާޓީން ކުރިޔަށްއޮތް ރިޔާސީ އިންތިހާބުގައި ވާދަނުކުރާނެ ކަމަށާއި ޖުމްހޫރީ ޕާޓީން ކޯލިޝަން ހެދުމަށް މަޝްވަރާ ކުރަން ޖެހޭ ކޮންމެ ބަޔަކާއެކު މަޝްވަރާ ކުރާނެ ކަމަށެވެ.
މުބީން ދައްކަވާފައިވާ ވާހަކަތަކަށް ރައްދުދެއްވަމުން ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރ އިލްހާމް އަހުމަދު މިރޭ ވިދާޅުވީ މުބީންގެ ވާހަކަތަކުގައި އެއްވެސް ޙަޤީޤަތެއް ނެތް ކަމަށެވެ. އަދި ކޯލިޝަނެއް ހެދުމަށް ޖޭޕީން އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާކަން އިލްހާމް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
"ކުރިޔަށްއޮތް ރިޔާސީ އިންތިޚާބުގައި އެއްވެސް ބަޔަކާއެކު ކޯލިޝަނެއް ހެދުމާމެދު ޕާޓީގެ ކައުންސިލްގައި ވިޔަސް އަދި ލީޑަރޝިޕް ލެވަލްގައިވިޔަސް މިހާތަނަށް އެއްވެސް މަޝްވަރާއެއް ކޮށްފައެއް ނުވޭ." އިލްހާމް ވިދާޅުވެފައިވެއެވެ.
މި ސަރުކާރުގެ ކޯލިޝަންގެ މުހިއްމު ބައިވެރިއެއްކަމަށްވާ ޖުމްހޫރީޕާޓީގެ ކޮންގްރެސްއިން ނުވަތަ ޕާޓީގެ ކައުންސިލުން އެހެންގޮތަކަށް ނުނިންމާހާ ހިނދަކު ކުރިޔަށްއޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީން ވާދަކުރާނެ ކަމަށާއި އަދި މިވަގުތު އެޕާޓީގެ ކެނޑިޑޭޓަކީ ލީޑަރ އޮންރަބަލް ޤާސިމް އިބްރާހީމް ކަމަށްވެސް އިލްހާމް މިރޭ ވިދާޅުވިއެވެ.
މި ހަފްތާގައި ރައީސް ޔާމީން ވިދާޅުވީ ކުރީގައި ޕީޕީއެމްގައި އުޅުނު ބައެއް ބޭފުޅުން ޖޭޕީއަށް ބަދަލުވެފައިވާތީ ދެ ޕާޓީން ކޯލިޝަނެއްގައި މަސައްކަތް ކުރެވޭނަމަ އެކަމަށް ތައްޔާރަށް ހުންނެވިކަމަށެވެ. އަދި ޖޭޕީގެ ފިކުރަކީ އެމްޑީޕީގެ ފިކުރު ނޫން ކަމަށްވެސް ރައީސް ޔާމީންވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު