ހިދުމަތްތައް އަވަސްކުރުމަށް "ޕޯޓް ޑިޖިޓަލްކޮށް" ނަމުގައި ހާއްސަ ޑިޖިޓަލައިޒޭޝަން ކެމްޕެއިނެއް އެމްޕީއެލްއިން ލޯންޗުކޮށްފިއެވެ.
މި ކެމްޕެއިން އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަންއެވެ. މި ކެމްޕޭނަކީ އެކުންފުނީގެ މައި ބަނދަރުން ދޭ ހިދުމަތް ވީހާވެސް ފަސޭހަކޮށް މަސައްކަތުގައި ޝާމިލްވާ ފަރާތްތަކަށް ދީ، ވަގުތު ސަލާމަތްކުރުމަށް ފަށާފައިވާ ކެމްޕެއިންއެއްކަމަށް އެމްޕީއެލްއިން ބުނެއެވެ.
އެމްޕީއެލްއިން ބުނީ މުދާ ކްލިއަރކުރަން، މުހިންމު މަރުހަލާތަކެއް އޮންނައިރު، އެކަންކުރުމުގައި ގިނަ ވަގުތު ހޭދަވާކަމާއި ބޭނުންވާ ހުއްދަ އާއި ސޮއި ހޯދުމަށް ހިދުމަތް ހޯދާ ފަރާތްތަކުން އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް ދާން ޖެހުމަކީ އަބަދުވެސް އަންނަ ޝަކުވާއެއްކަމަށެވެ. އެކަމާއި ގުޅިގެން ކުންފުނީގެ މެނޭޖުމަންޓާއި ބޯޑުން ވަނީ ހިދުމަތް ހޯދާ ފަރާތުން އުފުލަމުން ދާ ތަކުލީފުތަކަށް ހައްލެއް ހޯދައިދިނުމަށްޓައި ގިނަ މަޝްވަރާތަކެއްކޮށް، ކުންފުނިން ދޭ ހިދުމަތްތައް ފަސޭހަކޮށް، އޮންލައިންކޮށް ދިނުމަށް ނިންމާފައިކަމަށް އެމްޕީއެލްއިން ބުނެއެވެ.
މި ހިދުމަތް ތައާރަފްކުރުމުގެ ކުރިން މުދާ ކްލިއަރ ކުރަން ގާތްގަނޑަކަށް 6 ގަޑިއިރު ހޭދަވެއެވެ. ނަމަވެސް މި ގެނައި ބަދަލާއެކު އެ މަސައްކަތައް ދާ ވަގުތު 15 މިނެޓަށް ވަނީ ބަދަލުކުރެވިފައެވެ. މި ބަދަލަކީ އެމްޕީއެލްއިން ދާއިރާގެ ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކާއި މަޝްވަރާކުރުމަށް ފަހު ނިންމި ނިންމުމެއްކަމަށާއި މި ބަދަލުގެ ސަބަބުން، ކޮންމެ ތަނެއްގައި ހުރެމެ، އީ ގޭޓް ފާހަށް އެދެވޭނެކަމަށް އެމްޕީއެލްއިން ބުނެއެވެ.
"ކުންފުނީގެ އެންމެ ބޮޑު އަމަޒަކީ 2023 ވަނަ އަހަރާއި ހަމަޔަށް އަޅުގަނޑުމެން ކުންފުނި 99 އިންސައްތަ ކަރުދާހަށް ބަރޯސާނުވާ ކުންފުންޏަކަށް ހެދުމެވެ. މީގެއިތުރުން، އަޅުގަނޑުމެން ވަނީ، ވޯލްޑް ބޭންކުން ނެރޭ "އީޒް އޮފް ޑުއިންގ ބިޒްނަސ" ގައުމުތަކުގެ ލިސްޓުގެ އެންމެ ރަނގަޅު 20 ގައުމު ތެރޭގައި ރާއްޖެ ހިމެނުމަށް އަމާޒުހިފާފައި. އަޅުގަނޑުމެން ދެކޭ ގޮތުގައި ޑޮކިއުމެންޓޭޝަން މަރުހަލާ ޑިޖިޓަލް ކުރެވުމުން، މިހާރު ލިސްޓުގައި އޮތް 147 ވަނައިން އެންމެ ރަނގަޅު 20 ގައުމުތަކުގެ ތެރޭގައި ހިމެނިގެންދާނެ" އެމްޕީއެލްއިން ބުނެއެވެ.
ޑިޖިޓަލައިޒޭޝަން ކެމްޕެއިންއާއެކު އެކުންފުނީގެ މައި ބަނދަރު ޕޯޓަލްއަށް ޑޭޝްބޯޑެއްވެސް އެމްޕީއެލްއިން ވަނީ ތައާރަފްކޮށްފައެވެ. މިއީ، ކުންފުނިން ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ބޭނުންވާ ހުރިހާ މައުލޫމާތު އެއްތަނަކުން ގެނައުމަށް ތައާރަފްކުރި ހާއްސަ "ކަސްޓަމަރ ޕޯޓަލް"އެއްކަމަށް އެމްޕީއެލްއިން ބުނެއެވެ.
އެމްޕީއެލްއިން ބުނީ މި ޕޯޓަލްއިން ބޯޓު އުޅަނދުފަހަރު އަންނާނެކަމަށް ލަފާކުރެވޭ ވަގުތުގެ މައުލޫމާތާއި، މިހާރު ޕޯޓުގައި ހުރި އުޅަނދުފަހަރުތަކާއި، ކޮންޓެއިނަރ ޑިސްޗާޖު ޑީޓެއިލްސްއާއި، މަހުންމަހަށް ޕޯޓުގެ ސްޓެޓިސްޓިކްސްގެ މައުލޫމާތު ލިބެން ހުންނާނެ ކަމަށެވެ. މީގެއިތުރުން، ކްލިއަރިންގ ޕްރޮސެސްއާއި ބެހޭ މައުލޫމާތާއި، ފްރީކުއެންޓް ކްލިއަރިންގ އެޖޭންޓުން، ޝިޕިންގް އެޖޭންޓުންނާއި ބެހޭ މައުލޫމާތާއި ޓެރިފާއި ބެހޭ މައުލޫމާތުގެ އިތުރަށް ކުންފުނީގެ ޕޮލިސީތަކުގެ މައުލޫމާތު ލިބެން ހުންނާނެކަމަށްވެސް އެމްޕީއެލްއިން ބުނެއެވެ.

In order to serve our clients better & improve efficiency we are pleased to announce the official launch of #PortDigitalKoh campaign. With #MyBandharu Portal we have automated & simplified current cargo clearing processes offering a paperless solution.#MPL #DigitalTransformation pic.twitter.com/cnBqABYBkP
— Maldives Ports Limited (@Portmv) March 31, 2022
"ކުންފުނީގެ އެންމެ ބޮޑު އަމަޒަކީ 2023 ވަނަ އަހަރާއި ހަމަޔަށް އަޅުގަނޑުމެން ކުންފުނި 99 އިންސައްތަ ކަރުދާހަށް ބަރޯސާނުވާ ކުންފުންޏަކަށް ހެދުމެވެ. މީގެއިތުރުން، އަޅުގަނޑުމެން ވަނީ، ވޯލްޑް ބޭންކުން ނެރޭ "އީޒް އޮފް ޑުއިންގ ބިޒްނަސ" ގައުމުތަކުގެ ލިސްޓުގެ އެންމެ ރަނގަޅު 20 ގައުމު ތެރޭގައި ރާއްޖެ ހިމެނުމަށް އަމާޒުހިފާފައި. އަޅުގަނޑުމެން ދެކޭ ގޮތުގައި ޑޮކިއުމެންޓޭޝަން މަރުހަލާ ޑިޖިޓަލް ކުރެވުމުން، މިހާރު ލިސްޓުގައި އޮތް 147 ވަނައިން އެންމެ ރަނގަޅު 20 ގައުމުތަކުގެ ތެރޭގައި ހިމެނިގެންދާނެ" އެމްޕީއެލްއިން ބުނެއެވެ.
ޑިޖިޓަލައިޒޭޝަން ކެމްޕެއިންއާއެކު އެކުންފުނީގެ މައި ބަނދަރު ޕޯޓަލްއަށް ޑޭޝްބޯޑެއްވެސް އެމްޕީއެލްއިން ވަނީ ތައާރަފްކޮށްފައެވެ. މިއީ، ކުންފުނިން ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ބޭނުންވާ ހުރިހާ މައުލޫމާތު އެއްތަނަކުން ގެނައުމަށް ތައާރަފްކުރި ހާއްސަ "ކަސްޓަމަރ ޕޯޓަލް"އެއްކަމަށް އެމްޕީއެލްއިން ބުނެއެވެ.
އެމްޕީއެލްއިން ބުނީ މި ޕޯޓަލްއިން ބޯޓު އުޅަނދުފަހަރު އަންނާނެކަމަށް ލަފާކުރެވޭ ވަގުތުގެ މައުލޫމާތާއި، މިހާރު ޕޯޓުގައި ހުރި އުޅަނދުފަހަރުތަކާއި، ކޮންޓެއިނަރ ޑިސްޗާޖު ޑީޓެއިލްސްއާއި، މަހުންމަހަށް ޕޯޓުގެ ސްޓެޓިސްޓިކްސްގެ މައުލޫމާތު ލިބެން ހުންނާނެ ކަމަށެވެ. މީގެއިތުރުން، ކްލިއަރިންގ ޕްރޮސެސްއާއި ބެހޭ މައުލޫމާތާއި، ފްރީކުއެންޓް ކްލިއަރިންގ އެޖޭންޓުން، ޝިޕިންގް އެޖޭންޓުންނާއި ބެހޭ މައުލޫމާތާއި ޓެރިފާއި ބެހޭ މައުލޫމާތުގެ އިތުރަށް ކުންފުނީގެ ޕޮލިސީތަކުގެ މައުލޫމާތު ލިބެން ހުންނާނެކަމަށްވެސް އެމްޕީއެލްއިން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު