ސްޓެލްކޯ މައި އޮފީސް-
ސްޓެލްކޯ މައި އޮފީސް-
ލޮކްޑައުންގައި މާލެ ގެތަކުގެ ކަރަންޓް ބިލް ނުދެެއްކުނުނަމަވެސް ކަރަންޓުގެ ޚިދުމަތް ކަނޑާނުލާނެ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ ކޯވިޑް19 އާއި ގުޅިގެން މާލެ ސިޓީ ލޮކްޑައުން ދެމިއޮތްހާ ހިނދަކު ކަރަންޓް ބިލް ނުދެއްކުނު ނަމަވެސް އެއްވެސް ގެއަކުން ކަރަންޓް ކަނޑާނުލާނެ ކަމަށެވެ.

ކޮވިޑާ ގުޅިގެން ކުރިމަތިވެފައިވާ މި ހާލަތުގައި ކަރަންޓު ބިލް ނުދެއްކޭ ގޭގެ އިން ކަރަންޓު ކަނޑާލަން ބައެއް ގޭގޭ ވެރިން އެދެމުންދާކަމަށް ވެސް މުޣުނީ ވިދާޅުވިއެވެ.

"ބައެއް ގޭގެއިން ރިކުއެސްޓް ކުރޭ ބިލް ނުދައްކާ ފަރާތްތަކުގެ ބިލް ކަނޑާލަން. އެއީ ކުއްޔަށް ހިފައިގެން އުޅޭ މީހުން ބިލް ނުދައްކާ ހިނގައި ދާނެ ކަމަށް ބަލާފައި. ނަމަވެސް އަޅުގަނޑުމެން އެ ފަރާތްތަކަށް އަންގަމުން މި ގެންދަނީ މި ހާލަތުގައި ކަރަންޓު ކަނޑާ ނުލާނެކަން،" މުޣުނީ ވިދާޅުވިއެވެ.

މީގެ އިތުރުން ކަރަންޓު ބިލް ތަކަށް ދީފައިވާ ޑިސްކައުންޓް ލިބޭނީ މީޓަރުގެ ފޮޓޯ ފޮނުވުމުން ކަމަށާއި، ފޮޓޯ ނުފޮނުވޭނަމަ ލިބޭނީ އާއްމު ބިލް ކަމަށް މުޣުނީ ވިދާޅުވިއެވެ. ޢެހެން ނަމަވެސް ނޯމަލް ހާލަތުގައި ސްޓެލްކޯގެ މުވައްޒަފުން ގޭގެއަށް ގޮސް މީޓަރުގެ ރީޑިން ނަަގަން ފެށުމުން އެ ޑިސްކައުންޓް ލިބޭނެ  ކަމަށް މުޣުނީ ވިދާޅުވިއެވެ.

އެގޮތުން މިދިޔަ މަހު ވެސް ޑޮމެސްޓިކް މީޓަރުގެ 40 ޕަސެންޓް ޑިސްކައުންޓް ދީފައިވާއިރު އެކުންފުނިން ފެނުގެ ހިދުމަތް ދޭ ރަށްރަށުން ވެސް 30 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށް މުޣުނީ ވިދާޅުވިއެވެ. ކޯވިޑް-19 އާ ގުޅިގެން ކަރަންޓުގެ ހިދުމަތް ދޭ އަމިއްލަ ކުންފުނިތަކަށް ހިދުމަތް ދޭން ދަތިވެފައިވާތީ ސްޓެލްކޯ އިން އެ ޚިދުމަތްވެސް އާންމު ރައްޔިތުންނަށް ވީވަރަކުން ހިލޭ ދެމުން ގެންދާ ކަމަށް މުޣުނީ ވިދާޅުވިއެވެ.

ކޯވިޑް-19 ގެ ރިލީފް ޕެކޭޖުގައި ހިމަނައިގެން ކަރަންޓު ބިލް ތަކަށް 50 މިލިއަން ރުފިޔާގެ ޑިސްކައުންޓް މިދިޔަ މަހު ސަރުކާރުން ވަނީ ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން