އައްޑޫ ސިޓީގައި ފެންމަތިވެފައިވާ ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރުމުގެ މައްސަލާގައި ކުށެއް ނެތް މީހަކަށް އަނިޔާ ލިބިދާނެތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގައި 6 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި 59 އަހަރުގެ އަންހެނަކު ވަނީ ހައްޔަރު ކޮށްފައެވެ. ފުލުހުން ހައްޔަރުކޮށްފައިވާ 59 އަހަރުގެ އަންހެނަކީ އެކުއްޖާ ތައުލީމް ހާސިލްކުރާ ސްކޫލްގައި 30 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރަމުން އަންނަ މީހެކެވެ.
ޖިންސީ ގޯނާގެ ޝިކާރައަކަށްވި 6 އަހަރުގެ ކުޑަކުއްޖާއަށް ޖިންސީ ގޯނާކުރީ ކާފަ ކަމަށް އެ ކުއްޖާ ތަހުގީގަށް ކިޔައިދީފައިވާކަމަށް އެ މައްސަލާގައި ހައްޔަރުކުރި އަންހެން މީހާގެ އާއިލާއިން އަންނަނީ ބުނަމުންނެވެ.
އެކަމާ ގުޅިގެން މޭޔަރު ނިޒާރު ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދުކުރެވޭނީ ޔަގީނާ ގާތަށް ހެކިލިބިގެން ކަމަށާއި އެންމެ ފަރާތެއްގެ ބަހަކީ އެވަރުގެ ހެއްކެއްތޯ ސުވާލު އުފެދޭ ކަމަށެވެ. ނިޒާރު ވިދާޅުވީ މެޑިކަލް ރިޕޯޓާއި ހެކީގެ މިންވަރު ހާމަވާން ޖެހޭ ކަމަށެވެ.
"ކުށެއް ނެތް މީހަކަށް އަނިޔާ ލިބިދާނެތީ ކަންބޮޑުވޭ." ޢަލީ ނިޒާރު ވިދާޅުވެފައިވެއެވެ.
ޢަލީ ނިޒާރު މިމޭރުމުން ވިދާޅުވީ ނަމަވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްސަ އުސޫލަކުން ޢަމަލު ކުރުމުގެ ޤާނޫނުގައި ކުޑަކުދިންގެ ހެކިބަހަށް ބޮޑު ބުރަދަނެއް ވަނީ ދީފައެވެ.
އައްޑޫގައި ފެންމަތިވެފައިވާ މައްސަލާގައި ތަފާތުއެކި ގޮތްގޮތަށް އަޑުއަރާފައި ވީނަމަވެސް ފުލުހުން ބުނެފައިވަނީ މި މައްސަލައާ ގުޅިގެން އެކި ފަރާތްތަކުން ފުލުހުންނާއި ހިއްސާ ކުރަމުންދާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި އެ މައުލޫމާތުތަކުގެ ސައްހަކަން ކަށަވަކުރުމާއި މައްސަލައާ ގުޅިގެން ހޯދަންޖެހޭ ހެއްކާއި ގަރީނާ ހޯދައި، އިތުރު ފަރާތެއް މި މައްސަލާގައި ޝާމިލުވޭތޯ ބެލުމަށް ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުން ގެންދާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ ކުޑަކުދިންނަށްކުރާ މިފަދަ ގޯނާތަކަކީ ސީރިއަސް މައްސަލަތަކެއް ކަމަށާއި އެހެންކަމުން މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި އެކަމުގައި ޝާމިލުވާ އެންމެންގެ މައްސަލަތައް ވަކިވަކިން ތަހުގީގުކޮށް ދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

Sharee ah nimendhen bandhu kureveynee yageenaa gaathah heki libeynama. Emme faraathegge bahakee evaruge hekkei tho suvaalu ufedhey. Medical report aai hekee ge minvaru haama vaan jehey. Kushei nei meehakah aniyaa libi dhaanethee kan bodu vey. @ShimranAb @aishamdidi
— Ali Nizar (@DhekunuNizar) April 1, 2022
ޢަލީ ނިޒާރު މިމޭރުމުން ވިދާޅުވީ ނަމަވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްސަ އުސޫލަކުން ޢަމަލު ކުރުމުގެ ޤާނޫނުގައި ކުޑަކުދިންގެ ހެކިބަހަށް ބޮޑު ބުރަދަނެއް ވަނީ ދީފައެވެ.
އައްޑޫގައި ފެންމަތިވެފައިވާ މައްސަލާގައި ތަފާތުއެކި ގޮތްގޮތަށް އަޑުއަރާފައި ވީނަމަވެސް ފުލުހުން ބުނެފައިވަނީ މި މައްސަލައާ ގުޅިގެން އެކި ފަރާތްތަކުން ފުލުހުންނާއި ހިއްސާ ކުރަމުންދާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި އެ މައުލޫމާތުތަކުގެ ސައްހަކަން ކަށަވަކުރުމާއި މައްސަލައާ ގުޅިގެން ހޯދަންޖެހޭ ހެއްކާއި ގަރީނާ ހޯދައި، އިތުރު ފަރާތެއް މި މައްސަލާގައި ޝާމިލުވޭތޯ ބެލުމަށް ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުން ގެންދާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ ކުޑަކުދިންނަށްކުރާ މިފަދަ ގޯނާތަކަކީ ސީރިއަސް މައްސަލަތަކެއް ކަމަށާއި އެހެންކަމުން މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި އެކަމުގައި ޝާމިލުވާ އެންމެންގެ މައްސަލަތައް ވަކިވަކިން ތަހުގީގުކޮށް ދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.
ކިޔުންތެރިންގެ ހިޔާލު