ރައްޔިތުންގެ މަޖިލިސް ޖަލްސާއެއް ކުރިއަށްދަނީ
ރައްޔިތުންގެ މަޖިލިސް ޖަލްސާއެއް ކުރިއަށްދަނީ
ރައްޔިތުން މަޖިލީހުގެ ފަސް މެންބަރަކު ދިރިއުޅުއްވާ އިމާރާތްތައް ކަރަންޓީންކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީސްގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މަޖިލީހުގެ ފަސް މެންބަރަކު "މޮނީޓަރިންގ" ހާލަތަށް ލާފައިވާ ކަމަށެވެ.

ރާއްޖެއިން ކޯވިޑް-19 ގެ ބަލިމީހުން ފެންނަން ފެށުމާއެކު މިދިޔަ މާރިޗް މަހުގެ 30 ވަނަ ދުވަހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދިޔަ ނަމަވެސް ގާނޫނު އަސާސީ އަށް ހުށައެޅިފައިވާ އިސްލާހާ މެދު ގޮތެއް ނިއްމުމަށް މިހާރު ޖަލްސާތަށް ކުރިއަށް ގެންދަނީ މަޖިލީހުގެ ތަޅުމުގައެވެ.

މަޖިލީހުގެ ޖަލްސާތައް، މަޖިލީސް ކުރާ ގޭގައި ބާއްވަން އެޗްޕީއޭއިން ހުއްދަ ދީފައި ވަނީ ބޮޑެތި ޝަރުތުތަކެއް ކުރިމަތިކުރުމަށްފަހުއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، މަޖިލީހަށް ވަޑައިގެންނެވުމުން ހުން ހުރިތޯ ބަލައި، ހުން ނެތްކަން ކަށަވަރުކުރަން ޖެހޭއިރު ޖަލްސާކުރާ މާލަމަށް ވަނުމުގެ ކުރިން ހަށިގަނޑުގެ ފިނިހޫނުމިން ބަލައި ހުން ނެތްކަން ކަށަވަރު ކުރަން ޖެހެއެވެ.

އަދި ކޯވިޑް-19 ގެ އެއްވެސް އަލާމާތެއް ހުރި މެމްބަރަކު ޖަލްސާގައި ބައިވެރިވެގެން ނުވާނެ ކަމަށްވެސް އެޗްޕީއޭ އިން ދިންހުއްދައިގައި ބުނެފައި ވެއެވެ. ޖަލްސާކުރާ ތަނަށް ވަނުމުގައި އާއި ނުކުތުމުގައި އަދި ޖަލްސާގައި ތިބުމުގައި އެކަކު އަނެކަކާއި ދެމެދު ގައިދުރުކަން ބެހެއްޓުމަށާއި، ޖަލްސާގައި ބައިވެރިވާ މެމްބަރުންނަށް ސައިބޯނި ލައިގެން އަތްދޮވެވޭނެ ނުވަތަ ހޭންޑް ސެނެޓައިޒަރ ބޭނުންކޮށްގެން އަތް ސާފުކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނަންޖެހޭއިރު ޖަލްސާކުރާ މާލަމުގައި ހުންނަ ގިނައިން އަތްލާ ތަކެއްޗާއި ތަންތަން ސާފުކޮށް ޑިސްއިންފެކްޓު ކުރުމަށް ވެސް އެޗްޕީއޭ ވަނީ އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން