މިމަހުން ފެށިގެން ހިޔާ ފްލެޓްތަކުން ކުލި ދައްކަން ޖެހޭނެ ކަމަށް އެޗްޑީސީން ބުނެފިއެވެ.
އެޗްޑީސީން ބުނީ މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ހިޔާ ފްލެޓްތަކުގެ ކުލި ދެއްކުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށެވެ. ހިޔާ ފްލެޓްތަކުގެ މަސައްކަތް ނިންމާ، އެތަނުގައި މީހުން ދިރިއުޅެން ފަށާފައިވަނީ 2021 ވަނަ އަހަރުގެ އޮގަސްޓްމަހުން ފެށިގެންނެވެ.
ހިޔާ ފްލެޓްތަކުގެ ކުލި ދެއްކުމަށްޓަކައި އެޗްޑީސީގެ އޮންލައިން "ޕޭމަންޓު ޕޯޓަލް" މެދުވެރިކޮށް ފައިސާ ދެއްކޭނީ ހަމައެކަނި ބޭންކް އޮފް މޯލްޑިވްސްގެ ކާޑުން އެކަނި ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. އެޗްޑީސީއިން ބުނީ އެ ކުންފުނީގެ ކަލެކްޝަން ކައުންޓަރުން ފައިސާ ބަލައިގަތުމަށް ހަމަޖެހިފައި ވަނީ އެޗްޑީސީގެ މައި އޮފީހުގައި ފައިސާ ބަލައިގަތުމަށް ހާއްސަ ކޮށްފައިވާ ކައުންޓަރު ތަކުން ކަމަށެވެ. އެގޮތުން ނަގުދު ފައިސާއާއި، ޗެކާއި ކާޑުންވެސް ފައިސާ ދެއްކޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދިނުމަށާއި ކުލިދެއްކުން ފަސްކޮށް ދިނުމަށް ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުންވަނީ ސަރުކާރަށް ގޮވާލާގައެވެ. އެގޮތުން ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކުރަން ގޮވާލާ ހިޔާ ފްލެޓް ލިބުނު މީހުން ވަނީ އެޗްޑީސީއަށް 1500 ސިޓީ ވެސް ހުށަހަޅާފައެވެ.
ހިޔާ ފުލެޓުތަކަށް ފައިސާ ދައްކައި ހަލާސްކުރުމަށް ހަމަޖެހިފައި ވަނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެންނެވެ. އިންސްޓޯލްމަންޓުގެ ގޮތުގައި މެނޭޖްމަންޓް ފީއާއެކު މަހަކު 8،500 ރުފިޔާ ކުލީގެ ގޮތުގައި ދައްކަން ޖެހޭނެކަމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު