ކޯވިޑް-19 އާއި ގުުޅިގެން މޮނިޓަރިންގެ ހާލަތަށް އިމާރާތެއް ގެންދިއުމަށް ފްރަންޓްލައިންގައި މަސައްކަތްކުރާ ބަޔަކު ހަރަކާތްތެރިވަނީ
ކޯވިޑް-19 އާއި ގުުޅިގެން މޮނިޓަރިންގެ ހާލަތަށް އިމާރާތެއް ގެންދިއުމަށް ފްރަންޓްލައިންގައި މަސައްކަތްކުރާ ބަޔަކު ހަރަކާތްތެރިވަނީ
ކޯވިޑް-19 އަށް ރާއްޖެއިން އިތުރު 42 މީހުން ޕޮޒިޓިވް ވެ މިއަދު އެކަނިވެސް ބަައްޔަށް ޕޮޒިޓިވް މީހުންގެ އަދަދު 86 އަކަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު އިތުރު 42 މީހުން ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިފަހަރު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 1633 އަށް އަރައިފައެވެ.

އެޗްޕީއޭ އިން ހާމަކުރިގޮތުގައި މިއަދު ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ ދިވެއްސަކާއި ބަނގްލަދޭޝްގެ 28 މީހަކާއި އިންޑިއާ 13 މީހެކެވެ. މިއާއެކު މިއަދު ރާއްޖެއިން ކޯވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 86 އަށް އަރާފައެެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރޭވެސް އިތުރު 44 މީހުން ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން