މަގުމަތީގައި ދުންފަތުގެ އިސްތިއުމާލުކުރާ ތަން ހެދުން ފިޔަވާ އެހެން ކަންކަމުގައި ސަރުކާރުން އެދޭ ހިނދު މާލެ ސިޓީ ކައުންސިލްގެ އެއްބާރުލުން ސަރުކާރަށް ދެމުންދާ ކަމަށް މޭޔަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުއިއްޒު މިފަދައިން ވިދާޅުވީ، ސަރުކާރުން ކުރިޔަށް ގެންދާ ބްރިޖު ޕްރޮޖެކްޓަށް ވިލިމާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންސް ޖެހުމުގެ މަސައްކަތުގައި ސިޓީ ކައުންސިލުން ބައިވެރިވެ އެހީތެެރިވަމުން ދާކަން ހާމަކުރައްވާ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
"ސަރުކާރުން އެދުނު ކޮންމެ ކަމެއްގައި (މަގުމަތީ ސްމޯކިން އޭރިއާ ހެދުން ފިޔަވާ) ކައުންސިލުން ވަނީ އެއްބާރުލުން ދީފައި." މުއިއްޒުގެ ޓްވީޓްގައި ބުނެފައިވެއެވެ.
މުއިއްޒު މިފަދައިން ވިދާޅުވީ، ސިޓީ ކައުންސިލުން އެދޭ ކަންކަމުގައި ސަރުކާރުން އެއްބާރުލުން ނުދޭކަމަށް ސިޓީ ކައުންސިލުން ތަކުރާރުކޮށް ބުނަމުންދާ ބުނުމާ ގުޅުވައިގެން ކަމަށް ބެލެވެއެވެ. އެގޮތުން، މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ސަރުކާރުގެ އެއްބާރުލުން އެކަށީގެންވާ ގޮތެއްގައި ނުލިބޭ ކަމަށް ސިޓީ ކައުންސިލުން ދަނީ ތަކުރާރުކޮށް ފާހަގަ ކުރަމުންނެވެ.

Bridge project ge beynumah Vilimale gai fence jehumuge masakkai @MaleCitymv ge furihama ebbaarulumaa baiverivumaa eku kuriyah dhanee. Sarukaarun edhunu komme kameggai (magumathee smoking area hedhun fiyavaa) Council in vaanee ebbaarulun dheefai. pic.twitter.com/GTo03E5xV9
— Dr Mohamed Muizzu (@MMuizzu) April 4, 2022
މުއިއްޒު މިފަދައިން ވިދާޅުވީ، ސިޓީ ކައުންސިލުން އެދޭ ކަންކަމުގައި ސަރުކާރުން އެއްބާރުލުން ނުދޭކަމަށް ސިޓީ ކައުންސިލުން ތަކުރާރުކޮށް ބުނަމުންދާ ބުނުމާ ގުޅުވައިގެން ކަމަށް ބެލެވެއެވެ. އެގޮތުން، މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ސަރުކާރުގެ އެއްބާރުލުން އެކަށީގެންވާ ގޮތެއްގައި ނުލިބޭ ކަމަށް ސިޓީ ކައުންސިލުން ދަނީ ތަކުރާރުކޮށް ފާހަގަ ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު