ފުރާ ބަޔަކަށް ވެލާނާާ އެއާޕޯރޓްގައި ޚިދުމަތް ދެނީ
ފުރާ ބަޔަކަށް ވެލާނާާ އެއާޕޯރޓްގައި ޚިދުމަތް ދެނީ
އަންނަ ޖުލައި މަހު ރާއްޖޭގެ ބޯޑަރު ހުޅުވާލަައި ފަތުރުވެރިކަމުގެ ސިނާއަތުގެ ހަރަކާތްތައް އަލުން ފެށުމަށް ނިންމާފައިވާ ކަން ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖުލައި މަހުން ފެށިގެން ރާއްޖެއަށް އަންނަން ބޭނުންވާ ފަތުރުވެރިންނަށް އާދެވޭނެ ކަމަށެވެ. ޖުލައި މަހު ރާއްޖޭގެ ބޯޑަރު ހުޅުވާލާއިރު ރާއްޖެ އަންނަ ޓޫރިސްޓުން ރާއްޖެ އެތެރެވާން އިތުރު އެއްވެސް ފީއެއް ދައްކަން ނުޖެހޭނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ފަތުރުވެރިކަން އަލުން ފަށައިގަތުމާ ގުޅޭގޮތުން މީގެ ކުރިން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައިވަނީ އަލުން ފަތުރުވެރިކަން ފަށާނީ އެކި މަރުހަލާތަކަށް ބަހާލައިގެން ކަމަށެވެ. ޓޫރިޒަމް އަލުން ފަށައިގަންނަން ބޭނުންވާ "ސޭފް ޓޫރިޒަމް ގައިޑްލައިން" ތައްޔާރުކުރުމަށްޓަކައި އެ ސިނާއަތުގެ މަސްލަހަތުވެރިންގެ ހިޔާލުތަކަށް ވެސް މީގެ ކުރިން ވަނީ ހުޅުވާލާފައިވެއެވެ.

އެ ގައިޑްލައިންގައި އެންމެ ފުރަތަމަ މަރުހަލާގައި ފަތުރުވެރިންނާއި އެއާލައިންތަކުން އިތުރު ފީތަކެއް ނަގާ ގޮތަށް ހިމެނި ނަމަވެސް އެ މަރުހަލާ ފާއިތުވެ ގޮސްފައިވާ ކަމަށާއި މިހާރު މިއޮތް މަރުހަލާގައި އިތުރު ފީއެއް ނުނަގާނެ ކަމަށް ވެސް މިނިސްޓަރު އަލީ ވަހީދު ވަނީ ފަހުން ވިދާޅުވެފަ އެވެ. އެގައިޑްލައިނަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު މިހާރު ހަމަވެފައިވާއިރު، ޖޫން މަހުގެ ކުރިން އެ ގައިޑްލައިން އާންމުކުރާނެ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީ އިން ބުނެއެވެ.

ކޯވިޑާ ގުޅިގެން ރާއްޖެއިން އޮން އެރައިވަލް ވިސާ ދޫކުރުން ހުއްޓާލައި، ބޯޑަރު ބަންދުކޮށްފައިވަނީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން