އއ. ރަސްދޫގައި 50 ހައުސިން ޔުނިޓް އަޅަން ނިންމައި، އެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ހައުސިން މިނިސްޓްރީގެ ދަށުން ރަސްދޫގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން 50 ހައުސިން ޔުނިޓް އަޅައި ދިނުމުގެ މަސައްކަތްކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 25 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
ބީލަމުގައި ބައިވެރިވާން 500ރ. ގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށާއި ފީ ބަލައިގަތުން ކުރިއަށް ދާނީ 4 އެޕްރީލް 2022 އިން 21 އެޕްރީލް 2022 އަށް ކަމަށް އިޢުލާނުގައިވެއެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ ރަސްދޫގައި އަޅާ ހައުސިން ޔުނިޓްތަކުގެ ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި 255،000ރ. ހުށަހަޅަން ޖެހޭނެ ކަމަށާއި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސް ކަމަށެވެ.
ރަސްދޫގައި ހައުސިން ޔުނިޓްތަކެއް އަޅާނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލާފައިވާއިރު މިއަހަރުގެ ދަޢުލަތުގެ ބަޖެޓުގައި އަތޮޅުތަކުގައި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 1.5 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި މިހާތަނަށް ގިން ރަށްތަކެއްގައި ހައުސިންގ ޔުނިޓް އެޅުމަށް ވަނީ އިޢުލާނު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު