މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސްކަމުގެ ގޮނޑި އެމްޑީޕީއަށް ގެއްލިއްޖެއެވެ.
އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ އެ ކޮމެޓީގެ ރައީސަކަށް ކުރިން ހުންނެވި ފާތިމަތު ޝިފާ މިދިޔަ މަހު އިސްތިއުފާ ދެއްވުމުން އެ މަގާމަށް އާ ބޭފުޅަކު އިންތިޚާބު ކުރަން މިއަދުވަނީ ވޯޓު ނަގާފައެވެ.
މިއަދު ނެގި އެ ވޯޓުގައި ވާދަކުރީ އަދާލަތު ޕާޓީގެ މެންބަރު ޝިމާޒާގެ އިތުރުން އެމްޑީޕީގެ މެންބަރު ރަޝީދާ ރަޝާދެވެ. މިއަދުގެ ވޯޓުން އެ މަގާމަށް އިންތިޚާބު ވެފައިވަނީ އަދާލަތު ޕާޓީގެ މެމްބަރު މަރިޔަމް ޝިމާޒާއެވެ.
ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގައި ތިބޭ އެމްޑީޕީގެ 12 މެމްބަރުން ރަޝީދާއަށް ވޯޓު ދިނުމަށް އެ ޕާޓީން ތްރީލައިން ވިޕެއް ނެރެފައި އޮތަސް، އޭނާއަށް ވޯޓު ދިނީ ހަ މެމްބަރުންނެވެ. ޝިމާޒާ ރައީސް ކަމަށް ހޮވުނީ ނުވަ މެމްބަރުންގެ ވޯޓުންނެވެ. އޭގެ ތެރެއިން އެއް ވޯޓު ބާތިލު ވެފައި ވެއެވެ.
ޖުމްލަ 17 މެމްބަރުން ތިބޭ އެ ކޮމެޓީގައި ދެން ތިބެނީ ޕީޕީއެމްގެ މެމްބަރަކާއި އެމްއާރުއެމްގެ މެމްބަރެއްގެ އިތުރުން މިނިވަން ދެ މެމްބަރެކެވެ.
މާލޭ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސްގެ ގޮނޑި އެމްޑީޕީއަށް ގެއްލިފައިވާއިރު، މިދިޔަ އަހަރު ބޭއްވި ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރު ކަމާއި ކައުންސިލްގެ މެޖޯރިޓީ ވެސް ވަނީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަށް ގެއްލިފައެވެ.

ކިޔުންތެރިންގެ ހިޔާލު