ޑީސަލް ލިބުން ދަތިވެފައިވާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
މި މައްސަލަ މިއަދު މަޖިލީހަށް ހުށައެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުޙައްމަދު ލަތީފެވެ. ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލީ 44 މެމްބަރުންގެ ވޯޓާ އެކުގައެވެ. މި މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ 9 މެމްބަރުންނެވެ.
މެމްބަރު ހުސެއިން މުހައްމަދު ލަތީފް ހުށައެޅުއްވި މައްސަލާގައިވަނީ ރާއްޖެއަށް ބޭނުންވާ ވަރަށް ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)އަށް ޑީސަލް ނުގެނެވި، ރާއްޖޭގެ ބައެއް އަތޮޅުތަކުން ޑީސަލް އެއްކޮށް ހުސްވެ، ޒަރޫރީ ބޭނުންތަކަށް ވެސް ހުރަސްއެޅިފައިވާ ކަމަށެވެ.
އޭގެ އިތުރުން ދިވެހިރާއްޖޭގެ އިޤުތިޞާދުގެ ލޭނާރު ކަމުގައިވާ މަސްވެރިކަންކުރުމަށް ބޭނުންކުރާ އުޅަނދުތަކަށް ބޭނުންވާ ޑީސަލް ނުލިބި މަހަށް ނުފުރި ދަތުރުނުކުރެވި ތިބިކަމުގެ ޝަކުވާތައް ރާއްޖޭގެ އެކި ކަންކޮޅުތަކުން ލިބެމުންދާ ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ.
ރާއްޖޭގެ ޑީސަލް ސްޓޮކް މަދުވުމާއެކު، ފިއުލް ސަޕްލައި އޮފް މޯލްޑިވްސް އެފްއެސްއެމުން ބުނެފައިވަނީ ޑީސަލް ލިބުން ދަތިވީ ރަޝިއާ އިން ޔުކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރަށް އެރި ލޮޅުންތަކުގެ ސަބަބުން ކަމަށެވެ. އަދި އެކުންފުނިން ޑީސަލް ވިއްކުމުގައި މިހާރު އިސްކަން ދެނީ އިންޖީނުގެތަކާއި ޒަރޫރީ ހިދުމަތް ދޭ ތަންތަނަށް ކަމަށް އެފްއެސްއެމް އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު