މާލެސިިިިޓީގެ އިމާރާތްތަކެއް؛ މާލެއަކީ ރާއްޖޭގެ އެކި ސަރަހައްދުން މީހުން ޖަމާވެ ގެދޮރުގެ ޑިމާންޑް ބޮޑު ރަށެއް (ރަސް ފޮޓޯ-ޝާހް)
މާލެސިިިިޓީގެ އިމާރާތްތަކެއް؛ މާލެއަކީ ރާއްޖޭގެ އެކި ސަރަހައްދުން މީހުން ޖަމާވެ ގެދޮރުގެ ޑިމާންޑް ބޮޑު ރަށެއް (ރަސް ފޮޓޯ-ޝާހް)
ދެ މަސް ދުވަހުގެ ނޯޓިސް އެއް ނުދީ ކުއްޔަށް ދިރިއުޅޭ ތަނުން ބޭރު ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި "އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލް 2020" ބަންޑާރަ ނައިބް ރައްޔިތުންގެ މަޖީލަހަށް ހުށައަޅުއްވަފިއެވެ.

"އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު 2020" ގެ ނަމުގައި ސަރުކާރުން މަޖިލީހަށް ހުށައެޅި މި ބިލަކީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ވަކިވަކި ފަރުދުންނާއި އާއިލާ ތަކާއި ވިޔަފާރި ތަކަށް އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިމުމަށް އަަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމުގެ މަގުސަދުގައި ސަރުކާރުން އެކުލަވަލި ބިލެއް ކަމަށް ދައުލަތުގެ ބަންޑާރަ ނާއިބު ވިދާޅުވެފައި ވެއެވެ.

އެޓާނީ ޖެނަރަލްގެ އޮފީހުން ފަރުމާކޮށްފައިވާ އެ ބިލްގައި ބުނެފައިވަނީ އެ ބިލްގައިވާ ކަންކަމަށް އަމަލު ކުރަން ޖެހޭނީ ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތެއް ނުވަތަ ކާރީސާގެ ހާލަތު ނިމުމަކަށް ގެންނަތާ 60 ދުވަހަށް ފަހުގައި ކަމަށެވެ.

އެ ބިލްގައި ބުނެފައިވާގޮތުގައި ކުއްޔަށް ދިރިއުޅޭ ތަނަކުން ނެރެވޭނީ 2 މަސް ދުވަހުގެ ނޯޓިހެއް ދިނުމަށްފަހުއެވެ. އަދި އެފަދަ އެއްވެސް ތަނަކުން އަސާސީ ހިދުމަތެއް މެދުކަނޑާލައިގެން ވެސް ނުވާނެ ކަމަށާއި، ކުއްޔަށް ދިިރިއުޅޭ ތަނަކުން އަސާސީ ހިދުމަތެއް ކަނޑާލައިފި ނަމަ 5000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ބިލްގައި ބަޔާންކޮށްފައިވެއެވެ.

ބިލްގައި ބުނެފައިވަނީ އެއްވެސް ފަރާތެއް މަގުމަތިވިޔަ ނުދިނުމަށްޓަކައި، ދިރިއުޅުމަށް ކުއްޔަށްދީފައިވާ ތަންތަނުން ނޯޓިހެއް ދިނުމަކާ ނުލައި މީހުން ނެރެގެންނުވާނެ ކަމަށެވެ. ތަން ދޫކޮށް ދިޔުމަށް ދެ މަސް ދުވަހުގެ ނޯޓިހެއް ދިނުމަށް ބިލުގައި ވަނީ ލާޒިމު ކޮށްފައެވެ. މިކަން ލާޒިމުކުރަން ބިލްގައި ހިމަނާފައިވަނީ ނޯޓިހުގެ މުއްދަތު ހަމަވުމުގެ ކުރިން އެތަނުގައި ދިރިއުޅޭ ފަރާތްތައް ތަނުން ނުނެރެވުނަސް، ކުއްޔަށް ދޭ ފަރާތަށް ކުލީގެ އެއްބަސްވުމުގެ ދަށުން ލިބެންޖެހޭ ކުލި ދެއްކުމުން ބަރީއަނުވާ ގޮތަށްކަން ބިލްގައި ވަނީ ބަޔާންކޮށްފައެވެ.

އެ ކަންކަމާއި ހިލާފުވާ ފަރާތްތަކާ ދެކޮޅަށް ޝަކުވާ ހުށަހަޅަން ޖެހޭނީ ހައުސިންގ މިނިސްޓްރީއަށް ކަމަށް ބިލްގައި ބުނެފައިވެއެވެ. އެކަމަށް ހާއްސަ އުސޫލެއް އެ މިނިސްޓްރީން އެކުލަވާލަން ޖެހޭނެ ކަމަށް ވެސް ބިލްގައި ބުނެއެވެ. މީހުން ދިރިއުޅޭ ތަނެއްގެ މައްޗަށް ރަހުނެއްވާނަމަ، އެ ރަހުނު ތަންފީޒު ކުރުމުގެ ގޮތުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމޭތާ 60 ދުވަސް ހަމަވާ ތާރީހްގެ ނިޔަލަށް ހިނގާ މުއްދަތުގައި އެއްވެސް ކަމެއްކޮށްގެން ނުވާނެ ކަމަށް ވެސް އެބިލްގައި ވަނީ ބަޔާންކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


6

ބުޗު

01-Jun-2020

އެއް ލޮލުން ބަލާގެން ޤާނޫނު ހައްދަވާ ވާހަކަ ނުދެއްން އެދެން!



ޓްރެންޑިން