ބައްޔަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ
ބައްޔަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ
ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 159 މީހަކު ރަނގަޅު ވެއްޖެ އެވެ.

މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޓާސްފޯސްގެ ތަރުޖަމާނު މަބުރޫކް އަޒީޒް ވިދާޅުވީ ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު ބަޔަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.

އެގޮތުން ބަލިން ރަނގަޅުވި ކަމަށް މިރޭ އާންމު ކުރި 159 މީހުންނާއެކު މިހާތަނަށް ރާއްޖެއިން ބަލި ރަނގަޅުވި މީހުންގެ އަދަދު ވަނީ 401 އަށް އަރާފައެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 1633 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން