ހިޔާ ފްލެޓްތަކުން ނަގާކުލި ފަސްކުރުމާމެދު އަނެއްކާވެސް ގޮތެއް ނިންމާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ބުނެފިއެވެ.
ޓީވީ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވިދާޅުވީ، މި މަހުން ފެށިގެން ހުޅުމާލޭގެ ފޭސް 2ގެ ހިޔާ ފްލެޓްތަކުން ކުލި ނަގާ ގޮތަށް ނިންމުމާ ގުޅިގެން އެކަން ފަސްކޮށްދޭން އެދި އަނެއްކާ ވެސް ޕެޓިޝަނެއް ހުށަހަޅާފައިވާކަމަށެވެ. އެހެންކަމުނެ އެކަމާމެދު ގޮތެއް ނިންމައި ޖަވާބެއް ދޭން ނިންމާފައިވާ ކަމަށް ސުހައިލު ވިދާޅުވިއެވެ.
ސުހައިލް ވިދާޅުވީ މިމަހުންފެށިގެން ކުލި ނަގަން ނިންމުމާ ގުޅިގެން މާ ބޮޑެތި ޝަކުވާތަކެއް ރަސްމީގޮތުން މިހާތަނަށް އައިސްފައި ނެތް ކަމަށެވެ. އަދި މިހާރު ކަނޑައަޅާފައިވާ އަގަކީ ކުލީގެ ގޮތުގައި ނެގޭނެ އެންމެ ކުޑަ އަދަދު ކަމަށް ސުހައިލް ވިދާޅުވިއެވެ.
ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދިނުމަށާއި ކުލިދެއްކުން ފަސްކޮށް ދިނުމަށް ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުންވަނީ ސަރުކާރަށް ގޮވާލާގައެވެ. އެގޮތުން ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކުރަން ގޮވާލާ ހިޔާ ފްލެޓް ލިބުނު މީހުން ވަނީ އެޗްޑީސީއަށް 1500 ސިޓީ ވެސް ހުށަހަޅާފައެވެ.
ހިޔާ ފުލެޓުތަކަށް ފައިސާ ދައްކައި ހަލާސްކުރުމަށް ހަމަޖެހިފައި ވަނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެންނެވެ. އިންސްޓޯލްމަންޓުގެ ގޮތުގައި މެނޭޖްމަންޓް ފީއާއެކު މަހަކު 8،500 ރުފިޔާ ކުލީގެ ގޮތުގައި ދައްކަން ޖެހޭނެކަމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު