ހިޔާ ޔޫނިއަންގެ ކަންބޮޑުވުންތައް މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒުއާ ޙިއްސާކޮށްފިއެވެ.
މޭޔަރ މުޢިއްޒުއާ ބައްދަލުކޮށް އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ހިޔާ ޔޫނިއަނުން ފާހަގަކޮށްފައިވަނީ ރަމަޟާން މަހާއި ދިމާކޮށް ހިޔާ ފްލެޓްތަކުން ކުލި ނަގަން ފެށުމެވެ. ހަމައެއާއެކު ހިޔާ ފްލެޓް ސަރަޙައްދުގެ މަގުތައް ހަދާފައި ވާއިރު އެމަގުތަކުގައި ސްޓްރީޓް ލައިޓު ނެތް ކަމަށާއި ފައި މަގުގައި އުޅޭ ރައްޔިތުން ހިނގުމަށް މަގުގެ އެއް ފަރާތުގައި ޕޭވްމެންޓެއްވެސް ނެތްކަން ހިޔާ ޔޫނިއަނުން ފާހަގަ ކޮށްފައިވެއެވެ.
އޭގެ އިތުރުން ހިޔާ ޔޫނިއަންގެ ފަރާތުން ވަނީ ހިޔާ ސަރަޙައްދުގައި ޙައްލުނުވެ ހުރި ގިނަ ކަންތައްތަކެއްގެ ޝަކުވާ މޭޔަރަށް ހުށައަޅާފައެވެ.
މި ބައްދަލުކުރެއްވުމުގައި މާލޭ ސިޓީގެ މޭޔަރ ވަނީ ހިޔާ ޔޫނިއަނުން ކުރަމުން ގެންދާ މަސައްކަތް ހުއްޓާ ނުލާ ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައެވެ. އަދި އެކަމުގައި ސިޓީކައުންސިލަށް ކޮށްދެވެން ހުރި ކަންތައްތައް ކޮށްދެއްވާނެ ކަމަށް މޭޔަރ މުޢިއްޒު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ހިޔާ ޔޫނިއަންގެ ފަރާތުން ބައިވެރިވީ ހިޔާ ޔޫނިއަންގެ ރައީސް އަމްޒަލް އާއި އެ ޔޫނިއަންގެ ފައިނޭންސް އޮފިސަރ އަބްދުއް ސައްތާރުއެވެ.

ކިޔުންތެރިންގެ ހިޔާލު