ރީކޯ މޫސާމަނިކު
ރީކޯ މޫސާމަނިކު
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީން ވައްކަން ކުރި މީހުން ހޯދަން، އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ގޮވާލައްވައިފިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއަރޕާސަން ކަމަށް ވާދަކުރަށްވާ ފައްޔާޒު އިސްމާޢީލަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ރީކޯ، މިއަދު ވިދާޅުވީ، އެމްޑީޕީ އުފެދުނީއްސުރެ ފާއިތުވި 16 ވަރަކަށް އަހަރު ޕާޓީއަށް ލިބުނު ފައިސާ ހޭދަކުރި ގޮތާއި ޕާޓީގެ ހިދުމަތްތެރިން ޕާޓީން ނެރެ ބޭރުކޮށްލިގޮތް އިންތިހާބުގެ ކުރިން ހާމަ ކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރީކޯ ވިދާޅުވީ، އެކަންކަން ހާމަކޮށްލުމުން ނަޒާހާތްތެރިކަމާ ސާފުތާހިރު މީހުންނާ ޕާޓީން ވައްކަން ކުރި މީހުން އޭރުން ނިކަން ރީތިކޮށް ފެނިގެން ދާނެކަމަަށެވެ.

ބެލެވޭ ގޮތުގައި ރީކޯ މޫސަ މިފަދަ ތުހުމަތެއް މި ކުރަށްވަނީ އިންތިހާބުގައި ފައްޔާޒާ ވާދަކުރަށްވާ އިމްތިޔާޒު ފަހުމީ، އިންތިގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އިސް ބޭފުޅުންނަކީ ވޭތުވެދިޔަ ދުވަސް ތަކުގައި އެމްޑީޕީގެ އެތެރޭގެ ހިންގުމުގައި އިސްކޮށް އުޅުއްވި ބޭފުޅުން ކަމަށްވާތީ އެފަރާތްތަކަށް ނިސްބަތްކުރަށްވައެވެ.



ރީކޯ މިފަދައިން ވިދާޅުވެފައި މިވަނީ، ޗެއަރޕާސަންގެ އިންތިހާބުގައި އިންތިގެ ޓީމުން، ފައްޔާޒަަށް ނިސްބަތްކޮށް ގިނަ ތުހުމަތުތަކެއް ކުރަމުން ދާތީ ދަނޑިވަޅެއްގައެވެ. ނަމަވެސް މި ހުރިހާ ތުހުމަތެއް ވެސް ފައްޔާޒުގެ ޓީމުންދަނީ ދޮގު ކުރަމުންނެވެ.

އަންނަ މެއި މަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި ވާދަކުރައްވަނީ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެެވެ. އިންތިޚާބުގެ ކެމްޕޭންގެ ފޯރި ގަދަވެފައިވާއިރު ދެބަޔަށް ބެހި ދެފެކްޝަނެއްގެ ގޮތުގައި މިހާރު ހަރަކާތްތެރިވަމުންދާ ދެ ކެންޑިޑޭޓުންގެ ކެމްޕޭންގައި ދެފަރާތުން ވެސް ދަނީ ބަހުގެ ހަމަލާތައް ދެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން