ޑރ. އަަަފްޒަލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ޑރ. އަަަފްޒަލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ގެދޮރު ފޮޅާ ސާފުކުރަން، އެހެން ތަންތަނުގައި މަސައްކަތްކުރާ ބިދޭސީން މިހާރު ވެސް ބައެއް ގޭގެއަށް ގެންދާ ކަމަށާއި މިއީ ރައްކާތެރިކަމެއް ނޫން ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޑޮކްޓަރ، ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ.އަފްޒަލް ވިދާޅުވީ އެކިތަންތަނުގައި މަސައްކަތްކުރާ ބިދޭސީން ގެދޮރު ސާފްކުރުމަށް ގެންދިއުމަކީ ވަރަށް ބޮޑަށް އާންމުވެފައިވާ ކަމެއްކަން ފާހަގަ ކުރައްވައި ޑރ. އަފްޒަލް ވިދާޅުވީ އެގޮތަށް ގެންނަ މީހުންގެ ސަބަބުން ބަލި ފެތުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ލޮކްޑައުންގެ މުއްދަތުގައި ގޭގައި ތިބޭއިރު އެންމެ ރަނގަޅުގޮތަކީ އަމިއްލަ އަށް ގޭތެރެ ސާފްކޮށްލުން ކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ބިދޭސީން ލައްވައި ގެ ސާފުކުރުމުގެ މަސައްކަތް އެބަކުރޭ، އެއީ ގޭގައި ގެންގުޅޭ ބިދޭސީއެއް ނަމަ މައްސަލަ އެއް ނެތް. މިހާރު އެބަ ފާހަގަވޭ ބޭރުން ގެއަށް އައިސް ކޮންމެ ދުވަހަކު ގެ ސާފުކުރާ ބިދޭސީންގެ ޚިދުމަތްތައް މިހާރު ވެސް އެބަކުރިއަށް ގެންދާކަން. އެމީހުންނަކީ ބައިވަރު ގެތައް ސާފުކުރަމުންގެންދާ ބަޔެއް، މިދުވަސްވަރު އެކަން ކުރުމަކީ ބަލި ފެތުރުމުގެ ފުރުސަތު އޮތް ކަމެއް."ޑރ.އަފްޒަލް ވިދާޅުވިއެވެ.

ޑރ.އަފްޒަލް ވިދާޅުވީ މިދުވަސްވަރު ވިޔަފާރި ކުރުމަށް ގެއިން ވަކި މީހަކު ކަނޑައަޅައިފައި ހުރުމަކީ ވެސް މުހިންމު ކަމެއް ކަމަށެވެ. ވިޔަފާރި ކޮށްގެން އައިސް ސާފުކުރެވޭ ކަހަލަ އެއްޗެހި ސާފްކޮށް ރަނގަޅަށް ސައިބޯނިލައިގެން އަތްދޮވެލަންޖެހޭނެ ކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ.

މީގެ އިތުރުން ގަންނަ ތަކެތީގެ މުއްދަތު ހަމަވާ ތާރިޚަށް ބެލުމަކީ މުހިންމު ކަމެއް ކަމަށްވެސް އަފްޒަލް ފާހަގަ ކުރެއްވިއެވެ. ގޭގެއަށް އެއްޗެހި ޑެލިވަރީ ކުރާ މީހުންނާ ވީހާވެސް މަދުން ކޮންޓެކެޓް ވުމަށާއި، ގެއިން ވިޔަފާރި ކުރުމަށް ބޭރަށްދާ މީހުންނާއި ރިސްކް ހަަައި ކެޓަގަރީ ގައި ހިމެނޭ މީހުންނާއި ވީހާވެސް މަދުން ކޮންޓެކްޓް ވުމަށް ޑރ.އަފްޒަލް އިލްތިމާސްކުރެއްވިއެވެ. މީގެ އިތުރުން ހަފުތާ އަކު އެއްފަހަރު ގޭތެރެ ސާފްކޮށްލުމަކީ ވެސް ވަަރަށް މުހިންމު ކަމެއް ކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން