ޒަަޚަމްވެފައި ހުއްޓާ ފެނުނު ބިދޭސީ މީހާ މަރުގެ ތުހުމަތަށް އޭނާ ވަނީ ހައްޔަރުކޮށްފަ
ޒަަޚަމްވެފައި ހުއްޓާ ފެނުނު ބިދޭސީ މީހާ މަރުގެ ތުހުމަތަށް އޭނާ ވަނީ ހައްޔަރުކޮށްފަ
ތ. ގުރައިދޫގައި މި މަހުގެ 21 ވަނަ ދުވަހުގެ ރޭ ބިދޭސީ އަކު މަރާލާފައިވާ މައްސަލައިގައި އެރަށުން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. ހައްޔަރުކުރި ބިދޭސީ މީހާއަކީ އެރޭ ތަންތަން ފާސްކުރަމުން ދަނިކޮށް ޒަޚަމްތަކާއެކީ ފެނުނު ބިދޭސީ އެކެވެ.

ފުލުހުން ބުނީ 22 އަހަރުގެ ބަންގްލާދޭޝްއަށް ނިސްބަތްވާ މި މީހާ ޒަހަމްވީ މަރުވި މީހާއާ ދެމެދު ހިންގި ހަމަނުޖެހުމެއްގެ ތެރޭގައިކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ.

އަދި މިހާރު ކުރިއަށް ދަނީ ތަހުގީގު ފުރިހަމަކުރުމަށް، މަރާ ގުޅޭ ގޮތުން ފޮރެންސިކް ހެކި ހޯދުމުގެ މަސައްކަތް ކަމަށާއި މަރުގެ ހާދިސާ ހިންގި ދުވަހުން ފެށިގެން، ޝައްކު ކުރެވޭ މީހާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

ޝާހު ސާލާމް ނަމަކަށް ކިޔާ ބަންގްލަދޭޝް މީހާ މަރާލީ ގުރައިދޫގެ ސިނާއީ ސަރަހައްދު، ކަންޑަރުގައި އޭނާ ދިރިއުޅޭ ގެ ކައިރީގައެވެ. އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރައި ވަރަށް ބޮޑަށް ވަނީ ޒަޚަމްކޮށްލާފައެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން