ރާއްޖެއަށް އެންމެގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ އިނގިރޭސިވިލާތުން ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރު ރާއްޖެއަށް އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިނގިރޭސިވިލާތުންނެވެ. އެގައުމުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތް އުޅެނީ 12.7 އިންސައްތައިގައެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިޔާއިންނެވެ. މިއަހަރު ރަޝިއާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތް 11.6 އިންސައްތަ ޙިއްސާކޮށްފައިވެއެވެ.
މިމަހު މިހާތަނަށް ރާއްޖެއަށް 25،481 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މިދިޔަ މަހު ރާއްޖެއަށް 150،739 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ. މިއަހަރުގެ ފެބްރުއަރީމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 149،008 ފަތުރުވެރިންނެވެ. ޖަނަވަރީމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 131،764 ފަތުރުވެރިންނެވެ.
މިއަހަރު މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ޖުމްލަ 456،992 ފަތުރުވެރިންނެވެ. މިއީީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 43.2 އިންސައްތައިގެ އިތުރުވުމެކެވެ. ރާއްޖޭގައި މިވަގުތު އޮޕަރޭޓް ކުރަމުންދާ ޓޫރިސްޓް އެނދުގެ ޢަދަދަކީ 54،661 އެވެ.
މި އަހަރު ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރިފައިވާއިރު މިއަހަރުގެ ޖެނުއަރީ ފުރަތަމަ ދުވަހު ރާއްޖޭގައި ހޯމްސްޓޭ ފަތުރުވެރިކަން ވަނީ ތަޢާރަފް ކޮށްފައެވެ. ބޭރުގެ 35 އެއާލައިނަކުން ރާއްޖެއަށް މިހާރު ދަނީ ދަތުރުތައް ބާއްވަމުންނެވެ.
މިދިޔަ އަހަރަށް ރާއްޖެއިން އަމާޒުހިފި 1.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމުގެ އަމާޒު ޙާސިލުކޮށްފައިވާއިރު ޑރ. މައުސޫމް ވިދާޅުވެފައިވަނީ 2022 ވަނަ އަހަރުގެ އަމާޒަކީ 1.6 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރުން ކަމަށެވެ. އަދި އެންމެން ގުޅިގެން ރާއްޖެއަށް އެކަން ޙާސިލްކުރެވޭނެ ކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށްފަހު އަލުން ހުޅުވާލައި ރާއްޖޭގެ ފަތުރުވެރިކަން މިހާރު ވަނީ ކޮވިޑުގެ ކުރީގައި އޮތް ހާލަތަށް ރުޖޫއަވެފައެވެ. ކޯވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް 110 ދުވަހަށް ބަންދު ކުރުމަށް ފަހު އަލުން ހުޅުވީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. 2020 ވަނަ އަހަރު ނިމުނުއިރު ރާއްޖެއަށް އައިސްފައިވަނީ 555،494 ފަތުރުވެރިންނެވެ.
ރާއްޖެއިން މިދިޔަ ދެއަހަރު ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑްކަމަށްވާ، ވޯލްޑް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑް ހޯދައިފައެވެ.

ކިޔުންތެރިންގެ ހިޔާލު