މަބްރޫކް އަޒީޒް
މަބްރޫކް އަޒީޒް
ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހައި ރިސްކް ކެޓަގަރީގެ 117 މީހުން ހިމެނޭ ކަމަށް ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނު މަބުރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ހޮނިހިރު ދުވަހުގެރޭ ބޭއްވި ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެންއީއޯސީގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ މިހާތަނަށް ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 21 މީހަކީ އުމުރުން 65 އަހަރުން މަތީގެ މީހުން ކަމަށެވެ. އޭގެ ތެރޭގައި 10 އަހަރުން ދަށުގެ 43 ކުދިން ހިމެނޭ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން ދިގު މުއްދަތަށް އެކި ބަލި ބައްޔަށް ބޭސްކުރަމުންދާ މީހުންގެ ތެރެއިން 53 މީހަކުވެސް ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް މަބުރޫކް ވިދާޅުވިއެވެ. އުމުރުން ދުވަސްވީ މީހުންނާއި 10 އަހަރުން ދަށުގެ ކުޑަކުދިން އަދި ބޮޑެތި ބަލިތަކަށް ބޭސްކުރަމުންދާ މީހުންނަކީ ކޯވިޑް-19 ޖެހުމުން ހާލު ސީރިއަސްވުމުގެ ފުުރުސަތު ބޮޑު މީހުންނެވެ.

މަބުރޫކް ވިދާޅުވީ ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިވަގުތު ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނީ 13 މީހަކަށެވެ. އެ އެންމެންނަށްވެސް ފަރުވާ ދެމުންދަނީ ޓްރީޓޮޕް ހޮސްޕިޓަލްގައި ކަމަށާއި، އޭގެ ތެރެއިން ދެ މީހަކަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށް މަބުރޫކް ވިދާޅުވިއެވެ. މިހާތަނަށް ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި އެއްވެސް ކްލަސްޓާއަކާ ގުޅުމެއްނެތް 87 މީހަކު ފާހަގަކުރެވިފައިވާ ކަމަށްވެސް މަބުރޫކް ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް 1672 މީހުން ކޯވިޑް-19 އަށް އަށް ޕޮޒިޓިވްވެފައިވާއިރު އޭގެތެރެއިން 401 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ބަލީގައި ރާއްޖޭގައި މިހާތަނަށް މަރުވެފައިވަނީ 5 މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން