ކޯވިޑް-19 އަށް ރާއްޖެއިން އިތުރު 39 މީހުން ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިފަހަރުު ޕޮޒިޓިވްވެފައިވަނީ ބަނގުލަދޭޝްގެ 39 މީހުންކަމަށެވެ.
މިއަދަދުތަކާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 1672 އަށް އަރައިފައެވެ. ޢިއްޔެ އެކަނި ވެސް ރާއްޖެއިން 86 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ.
މިރެއާއި ހަމައަށް ރާއްޖެއިން ބަލި ރަނގަޅުވެފައިވަނީ 401 މީހެކެވެ.
ރާއްޖޭގައި ބަލީގެ އަންދާޒާ ހިސާބު ހަދަމުންދާ ފަންނީ ބޭފުޅުން ވިދާޅުވެފައިވަނީ ރާއްޖެއިން ބަލި ޖެހޭ މީހުންގެ އަދަދު އެންމެ ގިނަ ވާނީ ނުވަތަ ޕީކަށް އަރާނީ މިމަހުގެ 30 އާއި 31 ގައި ކަމަށެވެ. ނަމަވެސް ފަހުން ބުނެފައި ވަނީ އޭރު އަންދާޒާ ކުރި ވަރަށް ރާއްޖެއިން ބައްޔަށް ޕޮޒިޓިވް ނުވާތީ ސާޖަކަށްދާތަން ނުފެންނަ ކަމަށެވެ.
މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ފުރަބަންދަށް މިހާރު ވަނީ ލުއިތަކެއް ދީފައެވެ. ނަމަވެސް ބަލި ފެތުރޭ މިންވަރަށް ބެލުމަށްފަހު ކުރިން އޮތް ހާލަތަށް ލޮކްޑައުން ގެންދަން ޖެހިދާނެ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު