ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މިނިވަންކޮށް އަލުން ވެރިކަމަށް ގެނައުމުގެ މަސައްކަތް ޕީޕީއެމް އާއި ޕީއެންސީ އިން ކުރަނީ ފާޅުކަން ބޮޑުކޮށް ކަމަށާއި އެއީ ޑީލެއް ހަދައިގެން ކުރާ ކަމެއް ނޫންކަމުގައި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ގާނޫނު އަސާސީ އަށް ގެނެވޭ އިސްލާހު އަވަސްކުރުމަށް އެއްބަސްވާނީ، މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމުން ކަމަށް އިދިކޮޅުން ޝަރުތުކޮށްފައިވާ ކަމުގައި އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ވަނީ ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން މިއަދު ކުރެއްވި ޓުވީޓެއްގައި ޣައްސާން ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލާފައިވަނީ ނުހައްޤުން ކަމަށާއި، އެމަނިކުފާނު މިނިވަންކޮށް ވެރިކަމަށް ގެނައުމުގެ މަސައްކަތް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޕީޕީއެމް/ ޕީއެންސީ އިން ކުރަނީ ފާޅުކަން ބޮޑުކޮށް ކެރިގެން ކަމަށެވެ. އަދި އެކަން ކުރަނީ "ޑީލް" ތައް ހަދައިގެން ނޫންކަމަށާއި، އަދި އެ މަސައްކަތް ﷲ ގެ އިރާދަފުޅާއި އެކު ކާމިޔާބު ވާނެކަމަށް ޣައްސާން ވިދާޅުވިއެވެ.
"އެމްއެމްޕީއާރުސީގެ މައްސަލައިގައި ޑީލެއް ހަދަން ނޭދެން، ވެރިކަން ފުލުހުންގެ ކޮންޓްރޯލް މަޖިލިސްގެ ސްޕަމެޖޯރިޓީ ފަނޑިޔާރުންނާއި މިނިވަން މުވައްސަސާތަކަށް އައްޔަންކުރުމުގެ ބާރު އޮވެ އެމައްސަލަ ނުބަލާ ލަސްކުރަނީ ޕީޕިއެމްތޯ؟ ރައީސް ޔާމިން ޖަލަށްލުމުން އިންސާފުގެ ދަތުރު ނިމުނީތޯ؟ މިމައްސަލަ އަވަހަށް ބަލައި ދެއްވުމަށް ގޮވާލަން." ރައީސް މައުމޫނު އަބުދުލްގައްޔޫމްގެ ދަރިކަލުން އަދި ރައީސް ޔާމިނަށް ބޮޑުބޭބެ ވިދާޅުވާ ޣައްސާނުގެ ޓުވީޓްގައިވެއެވެ.
ރައީސް ޔާމީންގެ މަައްޗަށް ދައުލަތުން ކުރި މަނީ ލޯންޑަރިންގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވާ ކަމަށް ނިންމައި 5 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅުއެވެ.
ރައީސް ޔާމިންގެ މައްޗަށް ކޮށްފައިވަނީ ސިޔާސީ ހުކުމެއް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ. އެމްއެމްޕީއާރުސީގެ މައްސަލައިގައި ހަމައެކަނި ރައީސް ޔާމިން ޖަލަށްލުމަކީ އިންސާފެއް ނޫން ކަމަށް މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު