ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރަށްވާ ސުވާލަށް ޖަވާބުދެވޭގޮތުން ކުށްވެރިވެދާނެ ކަމަށް މަސްވެރިކަމާބެހޭ ވަޒީރު ޑރ. ޙުސައިންރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަތީފް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ޑރ. ޙުސައިންރަޝީދު ޙަސަން ވިދާޅުވީ މަޖިލީހުގައި ޖަވާބުދާރީވުމަށް އޮންނަނީ ތެދުބަހުންކަމަށެވެ. ނަމަވެސް ބައެއް ސުވާލުތަކުގެ ޖަވާބުތަކަކީ އަންދާޒާތަކަކަށް ވާތީ އެއީ ތެދުޖަވާބު ނޫންކަމަށް ފަހުން ބެލުމުގެ ފުރުސަތުއޮންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މެންބަރު ޙުސައިން މުޙައްމަދު ލަތީފް މިއަދު ސުވާލު ކުރަށްވާފައިވަނީ މަސްކިރުމުގައި މިހާރު ކުރިމަތިވެފައިވާ ދަތިތަކަށް ޙައްލެއް ލިބޭނެ ތާރީޚާ ބެހޭގޮތުންނެވެ. ޖަވާބުގައި ވަޒީރު ވިދާޅުވީ ވަކި ތާރީޚެއް ވިދާޅުވުމަކީ ދޮގު މަޢުލޫމާތު ދިނުންކަމަށް ފަހުން ބެލެވިދާނެކަމަށާއި އަދި އެއީ ވަޒީރުންނާ ސުވާލުކުރުމުގެ ޤާނޫނުގެ ދަށުން އޭނާ ކުށްވެރިވެދާނެ ކަމެއް ކަމަށެވެ.
އެފަދަ ކަމެއްގައި އޭނާ ކުށްވެރިވުމަކީ މަޖިލީހުގެ އެއްވެސް މެންބަރަކުވެސް އެދިވަޑައިގަންނަވާނެ ކަމެއް ނޫންކަމަށާއި އެހެންކަމުން ލިޔުމުން ސުވާލުފޮނުއްވައިފިނަމަ ލިޔުމުން އެޖަވާބު ދެއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މަސްވެރިކަމާބެހޭ ވަޒީރު ޑރ. ޙުސައިންރަޝީދު ޙަސަން މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ޙާޟިރުވެ ވަޑައިގެންނެވީ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު