ރާއްޖެފަދަ ނާޒުކު ޢިޤްތިޞާދެއް ލިބިފައިވާ ޤައުމުތަކުގެ އިޤްތިޞާދު، މިހާލަތުގައި ވެސް ހަމައެކަނި ސިއްހީ މާހިރުންގެ ލަފާގެ މައްޗަށް ބަރޯސާކޮށްގެން ނުހިންގޭނެ ކަމަށް އިނަރ މޯލްޑިވްސްގެ ވެރިޔާ މުޙައްމަދު ފިރާޤް ވިދާޅުވެއްޖެއެވެ.
ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ހީނަރުކަމެއް ކުރިމަތިވެފައި ވާއިރު، އެ ހީނަރުކަމުން އަރައިގަތުމަށްޓަކައި، ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލާ ވީ އެންމެ އަވަހަކަށް އިޤްތިޞާދީ ޙަރަކާތްތައް ފަށަން ޖެހޭ ކަމަށް ރާއްޖޭގެ އިޤްތިޞާދީ ދާއިރާގައި ޙަރަކާތްތެރިވާ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
އެކަމާ ގުޅިގެން ރާއްޖޭގެ އެންމެ މަޝްހޫރު އެއް ޓުއަރ އޮޕަރޭޓަރ، އިނަރ މޯލްޑިވްސްގެ ވެރިޔާ ފިރާޤް ވިދާޅުވީ، ރާއްޖެ އަކީ ވަރަށް ނާޒުކު ޢިޤްތިޞާދެއް ލިބިފައިވާ ޤައުމެއް ކަމަށާއި، މި ފަދަ ނާޒުކު އިޤްތިޞާދެއް ލިބިފައިވާ ޤައުމުތަކަށް ހަމައެކަނި ސިއްހީ މާހިރުންގެ ލަފާގެ މައްޗަށް ބަރޯސާކޮށްގެން އިޤްތިޞާދު ނުހިންގޭނެ ކަމަށެވެ.
ފިރާޤް ވިދާޅުވީ، "ސިއްހީ މާހިރުންގެ ލަފާގެ އިތުރުން، އިޤްތިޞާދީ ދާއިރާގެ ތަޖުރިބާކާރުންގެ ލަފާވެސް ހޯދަންވާނެ،" ކަމަށެވެ.
ރާއްޖޭގެ ބޯޑަރ ބަންދުކޮށް ރާއްޖޭގެ އިޤްތިޞާދުގައި އެންމެބޮޑު ޙިއްސާއެއް އޮންނަ ފަތުރުވެރިކަން މުޅިން ހުއްޓިފައި ވުމުގެ ސަބަބުން ރާއްޖެއަށް ބޭރު ފައިސާ އެތެރެވާ ދޮރުތައް ވަނީ މުޅިންހެން ބަންދުވެފައެވެ. އަދި މިއީ ރާއްޖޭގެ ގިނަ އިޤްތިޞާދީ ހަރަކާތްތަކާއި ވެސް ގުޅިފައިވާ ސިނާޢަތަކަށް ވާއިރު ފަތުރުވެރިކަން ހުއްޓިފައި އޮތުމުން އެހެނިހެން ގިނަ އިޤްތިޞާދީ ހަރަކާތްތައް ވެސް ވަނީ ހުއްޓިފައެވެ.
އެގޮތުން ރާއްޖޭގެ އިޤްތިބާދީ ހަރަކާތްތައް ހުއްޓުމާއި ގުޅިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލިފައިވާއިރު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރުވެސް ދުވަހަކަށްވުރެ ދުވަހެއް ދަނީ ދަށްވަމުންނެވެ.
"ކޯވިޑް-19 އާ އެއްކޮށް ރާއްޖެ ވެސް ކުރިއަށް ދާންޖެހޭ" ކަމަށް ފިރާޤު ވިދާޅުވެފައިވާއިރު، ސަރުކާރުންވެސް މިހާރު ގެންދަނީ "ނިއު ނޯމަލް" ގެ ދަށުން ރާއްޖޭގެ ބޯޑަރު ހުޅުވާލާ އަންނަ ޖުލައި މަހު ފަތުރުވެރިކަން ފެށުމަށް ތައްޔާރު ވަމުންނެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނީ، ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގައި އަޅަމުން ގެންދާ ފިޔަވަޅުތަކުގައި، "އެންމެ އިސް ބަހާއި، ފަހު ބަސް ވެސް ބުނާނީ ސިއްހީ ދާއިރާގެ ތަޖުރިބާކާރުން" ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު