މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ
މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެތެރޭގެ އިންތިހާބުގައި އެޕާޓީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރަށްވާ ދެ ކެންޑިޑޭޓުންގެ މެދުގައި ބޮޑު ވާދަވެރިކަމެއް އުފެދިފައިވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ، އެ އިންތިހާބު ތަފާތު ގޮތަކަށް ސިފަ ކުރައްވައިފިއެވެ.

އިންތިހާބުގެ ފޯރި ގަދަވެ، ޕާޓީގެތެރޭގައި އުފެދިފައިވާ ދެ ފެކްޝަނުން ހޫނު ބަހުގެ ހަމަލާތައް ރައްދު ކުރަމުން ދާ މި ދަނޑިވަޅުގައި ރާއީ މިއަދު ވިދާޅުވީ، ކުރިމަތީގައި އޮތް އިންތިހާބަކީ ތަފާތު ދެ ގޮތަކަށް ކުރިއަށްދާ އިންތިހާބެއް ކަމަށެވެ.

އެގޮތުން، އެ އިންތިހާބުގައި ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނުން ވާދަކުރައްވާ އިމްތިޔާޒު ފަހުމީގެ ޓީމުން ކުރަމުން ގެންދާ ކެމްޕޭނަށް ނިސްބަތް ކުރައްވާ ރާއީ ވިދާޅުވީ، އެއީ އަބަދުމެ މުށުތެރޭ ބާރުތައް ވަކި ގޮތަކަށް ބައްޓަންކުރެވި ހިފެހެއްޓުމަށް ކުރެވޭ ކެމްޕެއިނެއް ކަމަށެވެ.



އަދި ފައްޔާޒުގެ ޓީމަށް ނިސްބަތް ކުރައްވާ ވިދާޅުވީ، އެއީ ބާރުތަށް ދޫކޮށްލާ، ހާމަކަން ބޮޑު އަދި ހަމަހަމަ ފުރުސަތުތަކަށް ދޮރު ހުޅުވާލުމަށް ކުރަމުންދާ ކެމްޕެއިނެއް ކަމަށެވެ.

ރާއީ މިފަދައިން ވިދާޅުވިއިރު އޭނާ އަކީ ފައްޔާޒަށް ތާއީދު ކުރައްވާ އަދި ފައްޔާޒަށް ކެމްޕޭން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ފައްޔާޒަށް ތާއީދު ކުރައްވާ ރާއީ މީގެ ކުރިން ވިދާޅުވީ، މި ކެމްޕެއިންގެ ތެރެއިން ވެރިރަށް މާލޭގައި ދަމާފައި ހުރި ބެނާތަކުން ޕާޓީގެ ހާލަތު ބުނެދޭ ކަމަށާއި އާންމު މެމްބަރުން ދައްކަމުންދާ ވާހަކައާއި ބެނާތަކުގައިވާ ވާހަކަތައް ދިމާވާ ކަމަށެވެ.

އަދި އިންތިގެ ޓީމަށް ނިސްބަތް ކުރައްވައި ރާއީ ވިދާޅުވެފައިވަނީ އެ ޓީމަށް މިހާރު ވަގުތު ދެވިއްޖެ ކަމަށާއި މިހާރު އާންމު މެންބަރުން ބޭނުންވަނީ ބަދަލެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން