ބޭންްްކް އޮފް މޯލްޑިވްސްގެ އޭޓީއެމް ސެންޓަރެއް
ބޭންްްކް އޮފް މޯލްޑިވްސްގެ އޭޓީއެމް ސެންޓަރެއް
އެޕޮއިންޓްމަންޓް ހައްދައިގެން ބޭންކް އޮފް މޯލްޑިވްސް ގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ދޫކުރުމަށް އެބޭންކުން ނިންމައިފިއެވެ.

ބީއެމްއެލް އިން ބުނީ ޖޫން 01 ވަނަ ދުވަހުން ފެށިގެން ބީއެމްއެލް ކަސްޓަމަރ ސަރވިސް ސެންޓަރުން އެޕޮއިންޓްމަންޓް ހައްދައިގެން އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކަނޑައަޅާފައިވާ ގައިދުރުކަން ބެހެއްޓުމުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކާޑު ދޫކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ދުވާލަކަށް 300 ކަސްޓަމަރުންނަށް ކަމަށް ވެސް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

މި ޚިދުމަތް މިވަގުތު ދިނުމަށް ހަމަޖެހިފައި ވަނީ މާލެ ސިޓީގައި އެކަނި ކަމަށާއި، ޖޫން މަހުގެ ފުރަތަމަ ދެހަފްތާގައި ކާޑު ދޫކުރުމަށް ކަސްޓަމަރ ސަރވިސް ސެންޓަރ ހުޅުވުމަށް ހަމަޖެހިފައިވަނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން މެންދުރުފަހު 2:00 އަށް ކަމަށް ބޭންކުން ވަނީ ބުނެފައެވެ. އަދި ކޮންމެ ދުވަހަކަށްވެސް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށްޓަކައި އޭގެ ކުރީ ދުވަހު އެފަރާތެއްގެ މަޢުލޫމާތުތަކާއެކު 455 އަށް އެސްއެމްއެސް ކުރެއްވުމަށް ބޭންކުން ވަނީ އެދިފައެވެ.

އެފަރާތެއްގެ އެޕޮއިންޓްމަންޓް ހަމަޖެހުމުން ކަސްޓަމަރުގެ މޮބައިލް ނަންބަރަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެސްއެމްއެސްއަކުން "ޕަރމިޓް" ފޮނުވާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. މީގެ އިތުރުން ކާޑު ނެންގެވުމަށް ވަޑައިގަންނަވާއިރު މާސްކު އެޅުމަށާއި، އަމިއްލަ ގަލަން ގެނައުމަށް ބީއެމްއެލް އިން ވަނީ އެދިފައެވެ.

އަދި އުމުރުން ދުވަސްވީ ބޭފުޅުންނަށާއި ކޯވިޑް-19 ގެ ނުރައްކާ ބޮޑު ކަސްޓަމަރުންގެ ކާޑު ޑެލިވަރީ ކޮށްދިނުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށާއި، އެ ޚިދުމަތަށް އެދޭ ކަސްޓަމަރުން 7990200 ނުވަތަ 9990200 ނަންބަރަށް އެސްއެމްއެސް ކުރުމަށް ބީއެމްއެލް އިން ވަނީ އެދިފައެވެ.

މީގެ އިތުރުން ބޭންކުން ބުނީ އަތޮޅުތެރޭގައި ގާއިމުކޮށްފައި ހުރި ބީއެމްއެލްގެ ބްރާންޗުތައްވެސް، އެ ރަށެއްގައި މޮނީޓަރިން ހާލަތުގައި ނެތް ނަމަ، އޮންލައިން އަދި ސެލްފް ސާވިސް ބޭންކިން މެދުވެރިކޮށް ނުލިބޭ ހިދުމަތްތައް ދިނުމަށް ހޯމަ ދުވަހު ހުޅުވާލާނެ ކަމަށެވެ.

އަދި ޖޫން އަށް ވަނަ ދުވަހުން ފެށިގެން މާލޭގެ ބައެއް ބްރާންޗުތަކާއި ސެންޓަރުތައްވެސް ހުޅުވާނެ ކަމަށާއި، އެގޮތުން ބީއެމްއެލް މެއިން ބްރާންޗާއި، ހުޅުމާލެ ބްރާންޗް ގެ އިތުރުން ވިލިމާލެ ބްރާންޗާއި، ބީއެމްއެލް އިސްލާމިކް، ލޯން އަދި އެކައުންޓް އޯޕަނިން ސެންޓަރު އަދި ބިޒްނަސް ސެންޓަރު ވެސް ހުޅުވުމަށް ހަމަޖަހިފައިވާ ކަމަށް އެބޭންކުން ވަނީ ބުނެފައެވެ.

މާލޭގެ ފުރަބަންދު ދެ ހަފްތާއަށް އިތުރުކޮށް ދިން ލުއިތަކުގެ ތެރޭގައި ހަފުތާގެ ތިން ދުވަހު ބޭންކިންގް ހިދުމަތަށް ބޭންކުތައް ހުޅުވުން ހިމެނެ އެވެ. އަދި މަރުކަޒީ ބޭންކު އެމްއެމްއޭ އިން ވަނީ އަންނަ ޖޫން 1އިން 16 އަށް ކޮންމެ ހަފުތާއަކު ތިން ދުވަހު ބޭންކްތައް ހުޅުވަން ނިންމައިފައިވާކަން އާންމުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން