ހިޔާ ފްލެޓްތައް
ހިޔާ ފްލެޓްތައް
ހިޔާ ފްލެޓުތަކުގެ މަސައްކަތް ނިންމުމަށް ފްލެޓްވެރިންގެ އަތުން ފައިސާނެގުމަށްފަހު މަސައްކަތް ނުނިންމި ކުންފުނިތަކުގެ މައްސަލަ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެ މައްސަލަ ހުށައެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ފްލެޓްތައް ލިބުނު މީހުން، ދަރަންޏާއި އެހެނިހެން ގޮތްގޮތުން ތަކެއްޗާއި ފައިސާ ހޯދައިގެން ކުންފުނިތަކާ މަސައްކަތް ހަވާލުކުރި ކަމަށެވެ. ނަމަވެސް ހިޔާ ފްލެޓްތައް ނިންމަން ހަވާލުކުރި ބައެއް ކުންފުނިތަކުން ފައިސާ އަށް ހިޔާނާތްތެރިވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ފްލެޓް ލިބުނު މީހުންނަށް ފޫނުބެއްދޭ ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް މައްސަލާގައިވެއެވެ.

މައްސަލައިގައި އިތުރަށް ބުނެފައިވަނީ ފްލެޓް ލިބުނު މީހުންގެ ނަމުގައި ބައެއް ކުންފުނިތަކުން އޮޅުވައިގެން ފައިސާ އާއި މުދާ ވެސް ހޯދާފައިވާ ކަމަށެވެ. ނަމަވެސް ފްލެޓްތައް ނިންމަން ހަވާލުކުރި މުއްދަތުގައި ބައެއް ކުންފުނިތަކުން މަސައްކަތް ނިންމާފައި ނުވާތީ އެ މައްސަލަ ސަރުކާރުގެ އިދާރާތަކުގެ ސަމާލުކަމަށް ގެންނަކަމަށް މައްސަލާގައިވަނީ ބުނެފައެވެ.

ހަމަ އެއާއެކު ބައެއްކުންފުނިތަކުން ފައިސާ ނެގުމަށް ފަހު އަނބުރާ ފައިސާ ދިނުމަށްވެސް އިންކާރުކުރާކަމަށް މައްސަލާގައިވަނީ ބުނެފައެވެ.

މިއަދުގެ ޖަލްސާގައި މި މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ 6 މެންބަރުންނެވެ. މައްސަލަ ބަލައިގަތުމާ ދެކޮޅަށް 29 މެންބަރުން ވޯޓު ދެއްވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން