އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު
އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު
އުމުރުން ދުވަސްވީ މީހުންގެ ހައްޤުތައް ކަށަވަރުކުރުމަށް އަދިވެސް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަމަށް އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިކަމަށް ގޮވާލެއްވީ އުމުރުން ދުވަސްވީ މީހުންގެ ހައްގުގައި އދގައި ކުރިއަށްދިޔަ "އޯޕަން އެންޑަޑް ވޯކިންގ ގްރޫޕް އޮން އޭޖިން" ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ޝާހިދުގެ ވާހަކަފުޅުގައި ވަނީ އުމުރުން ދުވަސްވީ މީހުންގެ އިންސާނީ ހައްގުތައް ހިމާޔަތްކޮށް، އެމީހުންނަށް މާލީ ފުދުންތެރިކަން ޔަގީންކޮށް، ތަރައްޤީގެ މަސައްކަތްތަކުގައި އެމީހުންގެ ބައިވެރިވުން ޝާމިލުކުރުން މުހިއްމުކަން ފާހަގަކުރައްވާފައެވެ. ޝާހިދު ވިދާޅުވީ އެކިއެކި މައްސަލަތަކުގެ ސަބަބުން އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް ކުރާ މަސައްކަތްތަކަށް ހުރަސްތަކެއް އެޅިފައިވާއިރު، އެކަމުގެ އަސަރު އެންމެ ބޮޑަށް ކުރަނީ ހަވާސާވެފައިވާ ފަރާތްތަކެވެ، ހާއްސަ ގޮތެއްގައި އުމުރުން ދުވަސްވީ މީހުންކަމަށެވެ.

ޝާހިދުގެ ވާހަކަފުޅުގައި ކޯވިޑާއި ގުޅިގެން ދިމާވީ އިގްތިސާދީ ދަތިތަކާއި އެހެނިހެން ގޮންޖެހުންތަކުގެ ސަބަބުން އުމުރުން ދުވަސްވީ މީހުންނަށް އެކި ދަތިތައް ކުރިމަތިވަމުންދާކަން ފާހަގަކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ 2050 ވަނަ އަހަރާއި ހަމައަށް ދާންވާއިރަށް އުމުރުން 65 އަހަރުން މަތީގެ އާބާދީ 1.5 ބިލިއަނަށް އަރާނެކަމަށެވެ. އެހެންކަމުން ކޯވިޑުން އަރައިގަނެ އިގްތިސާދުތައް އާރާސްތުކުރުމުގެ މަސައްކަތްކުރަމުންދާއިރު، އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި ރައްކާތެރިކަން ދިނުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ޝާހިދު ގޮވާލެއްވިއެވެ.



ޝާހިދު ވިދާޅުވީ ކޯވިޑަށްފަހު ޤައުމުތައް އަލުން އާރާސްތުކުރުމުގެ މަސައްކަތްކުރަމުންދާއިރު އުމުރުން ދުވަސްވީ މީހުންގެ ލަފަޔާއި އިރުޝާދަކީ ވަރަށް މުހިއްމު އެއްޗެއްކަމަށެވެ. އަދި އެ ހިޔާލުތަކާއި މަޝްވަރާތަކަށް މުޖްތަމައުން ޖާގަ ދޭންޖެހޭނެކަން ޝާހިދު ފާހަގަކުރެއްވިއެވެ. އަދި މިހާރު ހުރި ފްރޭމްވޯކްތަކުގެ ތެރެއިން ބޭނުންވާ ކަންކަން އެންމެ ފުރިހަމައަށް ހާސިލުނުކުރެވޭކަންވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އިންސާނުގެ އުމުރު ނުވަތަ ލައިފްއެކްސްޕަންޓެންސީ ދިގުވަމުންދާއިރު، 2020 ވަނަ އަހަރާއި 2050 ވަނަ އަހަރާއި ދެމެދު އުމުރުން ދުވަސްވީ މީހުންގެ އަަދަދު ދެ ގުނަ ވާނޭކަން ޝާހިދު ފާހަގަކުރެއްވިއެވެ.

ޝާހިދުގެ ވާހަކަފުޅުގައި އެމަނިކުފާނުގެ އުއްމީދުގެ ރިޔާސަތުގެ ދަށުން އެންމެ އިސްކަމެއް ދޭ އެއް ކަމަކީ ހުރިހާ އެންމެންގެ ހައްގުތައް ރައްކާތެރިކުރުންކަން ފާހަގަކުރައްވާ، އުމުރުން ދުވަސްވީ މީހުންގެ ހައްގުގައި އަދިވެސް އިތުރު މަސައްކަތްތައް ކުރަންޖެހޭކަމަށް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން