މަސްކިރޭނެގޮތް ހޯދޭނެ ކަމަށް ވިދާޅުވެ އިހުތިޖާޖު ކުރަމުން ގެންދާ މަސްވެރިންނަށް ރައީސް ނަޝީދު ހިތްވަރުދެއްވައިފިއެވެ.

ދެކުނުގެ އަތޮޅުތަކުގެ މަސްވެރިން މިއަދު ކޫއްޑޫގައި މުޒާހަރާކުރަމުން ދިއުމާ ގުޅިގެން ރައީސް ނަޝީދު މިއަދު ވަނީ ސޯޝަލް މީޑިއާއަށް މަސްވެރިންނަށް ހިތްވަރު ދެއްވުމުގެ ގޮތުން މެސެޖެއް ދޫކޮށްލައްވާފައެވެ. މުލައްދަނޑި ދައްކުވައިދޭ އެމޯޖީއެއް ހިމަނުއްވައި ރައީސް ނަޝީދު ވިދާޅުވީ މަސް ކިރޭނެގޮތް ހޯދޭނެ ކަމަށެވެ.

އެގޮތުން "ވައިހުރިކޮޅަށް ނުބަލާ ފަރިއަޅުވާލުމަށް" ރައީސް ނަޝީދުވަނީ މަސްވެރިންނަށް ގޮވާލައްވާފައެވެ.



ކޫއްޑޫގައި މިއަދު އިޙްތިޖާޖް ކުރަމުންދާ މަސްވެރިންގެ ޑިމާންޑަކީ އެ މީހުން ބާނާފައިވާ މަސް އެއްކޮށް، އެއްފަހަރާ ކިރޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ. އަދި މަސް ނުކިރުވާނަމަ އެސަރަޙައްދަށް މިހާރު ކައިރިކޮށްފައިވާ އޮޑިފަހަރު ދުރަށް ނުޖައްސާނެކަމަށް މަސްވެރިން ދަނީ ބުނަމުންނެވެ.

މިދިޔަ ހަފްތާގައި މަސްވެރިކަން ރަގަޅުވެ ކޫއްޑޫގެ ކެޕޭސިޓީއަށްވުރެ ގިނައިން މަސްބާނަމުން ދިއުމާއި ގުޅިގެން މިފްކޯއިންވަނީ މަސްކިރުން ކޮންމެ ދޯންޏަކަށް ދުވާލަކު 5 ޓަނަށް ލިމިޓް ކޮށްފައެވެ. މިފްކޯއިން މަސްކިރުން ލިމިޓްކޮށްފައިވަނީ އެއްފަހަރާ އެއްދޯންޏަކުން ގިނަ ޢަދަދަކަށް މަސްކިރައިފިނަމަ ކޫއްޑޫއަށް މަސްކިރުވަން އަންނަ ހުރިހާ ދޯންޏަކަށް މަސްކިރުމުގެ ފުރުސަތު ނުލިބޭނެތީކަމަށް މިފްކޯއިންވަނީ ބުނެފައެވެ.

ދާދިފަހުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ 2013 ވަނަ އަހަރުގެ މެނިފެސްޓޯއަށްވުރެވެސް ބޮޑަށް 2018 ވަނަ އަހަރުގެ މެނިފެސްޓޯ ބިނާކޮށްފައިވަނީ ކަނޑު ރޯދި ހޯދުމުގެ ހުށަހެޅުމެއްގެ ގޮތުގައި ކަމަށާއި، ނޫ އިޤުތިޞާދެއް ބިނާކުރުމުގެ މައްޗަށް ކަމަށެވެ. އަދި އެ ސިޔާސަތުގެ ނާރެހަކީ މަސްވެރިކަމުގެ ފުރިހަމަ ނަފާ ހޯދުން ކަމަށް ރައީސް ނަޝީދު ވަނީ ފާހަަގަކުރައްވާފައެވެ.

އޭގެއިތުރުން ރައީސް ނަޝީދު ވަނީ އެމްޑީޕީގެ މެނިފެސްޓޯގެ މަގަށް ރުޖޫއަވުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު


-6

ތޯރިގު

15-Apr-2022

ދެން ރައިސްނަސީދުވީބުން ހިޔާފުލއޓުމީހުންގެްިމާންޑުވެސްއަޑުއަހަން ބޯހިޔާވަހިކަނުގެ ވައުދުކޮބާ