ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަޙްމަދު ޒާހިރު
ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަޙްމަދު ޒާހިރު
ގދ. ގައްދޫގައި ގޭދޮށު މަސްފެކްޓްރީއެއް އަޅަން ހުއްދަ ނުދިންކަމަށް ބުނެ އެކަމުގެ ސަބަބު އޮޅުން ފިލުވަން، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުގެ އަރިހުން ލިޔުމުން ޖަވާބު ހޯދަން، ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަޙްމަދު ޒާހިރު ހުށަހަޅުއްވައިފިއެވެ.

ޒާހިރު މިއަދުވަނީ އަމީރަށް އަމާޒު ކުރައްވާފައިވާ ސުވާލު މީސްމީޑިއާގައި އާންމު ކުރައްވާފައެވެ. އެ ސުވާލުގައި ބުނެފައިވަނީ، ގޭދޮށު މަސް ފެކްޓްރީއެއް ހަދާ ހިންގުމަކީ ވަޒީރު ވެސް ނިސްބަތްވާ އެމްޑީޕީގެ ވައުދުނާމާގައި ހިމެނޭ ކަމަކަށް ވެފައި އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގައި ހިމެނި ބަލައިގަނެވިފައިވާ ކަމެއް ކަމަށާއި ނަމަވެސް ގައްދޫ ކައުންސިލަށް ބޭރުގެ ފަރާތަކުން ހުށަހަޅާފައިވާ ބިޑާއި އެއްގޮތަށް ގޭދޮށު މަސްފެކްޓްރީ ހެދުމަށް ސަރުކާރުން ފުރުސަތު ދީފައިނުވާ ސަބަބު އޮޅުންފިލުވަން ބޭނުންވާ ކަމަށެވެ.

"ގައްދޫ ކައުންސިލުން ކުރި ބިޑެއްގައި ބޭރުގެ ފަރާތަކުން ގައްދޫ ކައުންސިލާއިއެކު ގޭދޮށު މަސްފެކްޓްރީއެއް ހިންގަން ތައްޔާރުވެތިބި ކަމަށް އެ ފަރާތުން ބުނުމާއިއެކު އެކަން ވިޔަނުދީ ސަރުކާރުން ހިފަހައްޓާ ސަބަބު ސާފުކޮށްދެއްވަފާނަންތޯ! އަދި މި ސިޔާސަތު ބަދަލު ކުރުމަށް ވަޒީރުންގެ މަޖިލީހަށް ހުށަހަޅަން ގަސްދުކުރައްވަންތޯ؟" ވަޒީރުންނާ ސުވާލު ކުރުމުގެ ނޯޓިސްގައި ޒާހިރު ލިޔުއްވާފައިވެއެވެ.



ޒާހިރު ހުށަހަޅުއްވާފައިވަނީ މަޖިލީހުގެ ގަވާއިދުގެ 80 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އެ ސުވާލުތަކުގެ ޖަވާބު ލިޔުމުން ހޯދުމަށެވެ.

ގޭދޮށު މަސްފެކްޓްރީ އެޅުމުގެ އެއްވެސް ވާހަކައެއް ނުއިވި ގިނަ ދުވަސްތަކެއް ދިޔުމަށްފަހު ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ގޭދޮށު މަސްފެކްޓްރީ އެޅުމަށް ގޮވާލާފައެވެ. އަދި މަސްވެރިކަން ކުރިއަރާނީ އެމަގުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަމާޒު ކުރައްވާ ނެރުއްވި ލިޔުމެއްގައި ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން