އަންހެނުން ސިޔާސީ ދާއިރާގެ އިސް މަގާމުތަކަށް ނެރުމަށް އެކަނބަލުން ތައްޔާރު ކުރުމުގެ މަސައްކަތް އެމްޑީޕީގެ ތެރޭގައި ނުހިނގާ ކަމަށް އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި އަންހެނުންގެ ރޫހުގެ ރައީސާގެ މަގާމަށް ވާދަކުރައްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.
ޗެއަރޕާސަންގެ އިންތިހާބާއި ދިމާކޮށް މިހާރު އަތޮޅުތަކަށް ފަށާފައިވާ ދަތުރުގައި އެމްޑިޕީގެ މެންބަރުންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ރޮޒޭނާ މިއަދު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރެއް އުފެދި މިހާ ހިސާބަށް އައިއިރު އެތައް އިންތިހާބުތަކެއް އަތުވެއްޖެ ކަމަށާއި ނަމަވެސް ޕާޓީގެ އަންހެނުންގެ ރޫހުން، އެ މަގާމުތަކަށް އަންނާނެ އަންހެނުން ހޯދާ، ތަމްރީނުކޮށް މަގާމުތަކަށް ނެރެން ތައްޔާރު ކުރުމުގެ މަސައްކަތް ކުރެވިފައި ނުވާކަމަށެވެ.
"އަންހެނުންގެ ރޫހަށް 13 އަހަރު ވީ އިރު މުޒާހަރާ ކުރުމާއި ހަރުގެ ތަކުގަ ސައި ހެދުމާއި ދޮރުން ދޮރަށް ހިގުން ނޫން ކަމެއް ނެތް. މިއަދު ސަރުކާރުގައި އޮތްއިރު ކުރިއަށް ހުރި އިންތިހާބް ތަކަށް ފިސާރި އަންހެންވެރިން ބިނާކޮށް ތައްޔާރު ކުރަން ޖެހޭ." ރޮޒޭނާ ވިދާޅުވިއެވެ.
ރޮޒޭނާ ވިދާޅުވީ އިންތިހާބީ މަގާމުތަކަށް އައުމަށް އަންހެނުން ތައްޔާރު ކުރުމަށް މަސައްކަތްތަކެއް ނުކުރެވުނުއިރު، އެންމެ ކުޑަމިނުން އިންތިހާބުތަކުގައި ހޮވޭ އަންހެންނުންނަށް މަރުހާބާ ކިޔާފައި މެސެޖެއްވެސް ޕާޓީގެ އަންހެނުންގެ ރޫހަށް ފޮނުވާލެވިފައި ނުވާކަމަށެވެ. އަދި އިންތިހާބުވި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުންނަށް ވެސް ދަތިވަނީ ކޮންކޮން ކަމެއްތޯ މިހާތަނަށް ބެލިފައިނުވާކަމަށާއި އެ ފަރާތްތަކަށް ދަތިވާ ކަންކަމަށް ސަރުކާރާއި ގުޅިގެން ހައްލު ހޯދުމަށް ވެސް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިނުވާކަމަށެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ދެ ފެކްޝަނުން ވެސް ފޯރީގައި ދަނީ ކެމްޕޭން ކުރަމުންނެވެ. ދެފަރާތުން ވެސް އަންނަނީ ވަރުގަދަ ބަހުގެ ހަމަލާތައް ވެސް ދެމުންނެވެ. މި އިންތިހާބު ބާއްވަން މިހާރު ހަމަޖެހިފައިވަނީ މި ފެށޭ މެއި މަހުގެ 14 ވަނަ ދުވަހުއެވެ.

އަންހެނުންގެ ރޫހަށް 13 އަހަރު ވީ އިރު ، މުޒާހަރާ ކުރުމާއި ހަރުގެ ތަކުގަ ސައި ހެދުމާއި ދޮރުން ދޮރަށް ހިގުން ނޫން ކަމެއް ނެތް މިއަދު ސަރުކާރު ގައި އޮތްއިރު ކުރިއަށް ހުރި އިންތިހާބް ތަކަށް ފިސާރި އަންހެންވެރިން ބިނާކޮށް ތައްޔާރު ކުރަން ޖެހޭ @Roxeyna 👇#MDPhingaalan #Roxey4ARR pic.twitter.com/zTVA7Jb9sd
— Hussain Shafiu (@charly_thuthu) April 14, 2022
ރޮޒޭނާ ވިދާޅުވީ އިންތިހާބީ މަގާމުތަކަށް އައުމަށް އަންހެނުން ތައްޔާރު ކުރުމަށް މަސައްކަތްތަކެއް ނުކުރެވުނުއިރު، އެންމެ ކުޑަމިނުން އިންތިހާބުތަކުގައި ހޮވޭ އަންހެންނުންނަށް މަރުހާބާ ކިޔާފައި މެސެޖެއްވެސް ޕާޓީގެ އަންހެނުންގެ ރޫހަށް ފޮނުވާލެވިފައި ނުވާކަމަށެވެ. އަދި އިންތިހާބުވި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުންނަށް ވެސް ދަތިވަނީ ކޮންކޮން ކަމެއްތޯ މިހާތަނަށް ބެލިފައިނުވާކަމަށާއި އެ ފަރާތްތަކަށް ދަތިވާ ކަންކަމަށް ސަރުކާރާއި ގުޅިގެން ހައްލު ހޯދުމަށް ވެސް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިނުވާކަމަށެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ދެ ފެކްޝަނުން ވެސް ފޯރީގައި ދަނީ ކެމްޕޭން ކުރަމުންނެވެ. ދެފަރާތުން ވެސް އަންނަނީ ވަރުގަދަ ބަހުގެ ހަމަލާތައް ވެސް ދެމުންނެވެ. މި އިންތިހާބު ބާއްވަން މިހާރު ހަމަޖެހިފައިވަނީ މި ފެށޭ މެއި މަހުގެ 14 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ހިޔާލު