އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ހަރުދަނާ ވުމަކީ ދިވެހިރާއްޖެ ވެސް ހަރުދަނާވުން ކަމަށް އެ ޕާޓީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ޗެއަރޕާސަންގެ އިންތިހާބުގެ ކެމްޕޭންގައި ވާހަކަދައްކަވަމުން، ފައްޔާޒު މިރޭ ވިދާޅުވީ، އެމްޑީޕީގެ ފަރާތުން މި ގެނެސްދޭ ސިޔާސަތުތަކަކީ ރާއްޖޭގެ އެކިއެކި ކަންކަން ބަދަލުކުރުވާ ސިޔާސަތުތަކެއް ކަމަށެވެ. އަދި ޕާޓީ ހަރުދަނާ ވުމަކީ ރާއްޖެ ހަރުދަނާވުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމެއް މިއަދު އޮތްއިރު މި ގައުމުގައި ބައިވަރު ގޮންޖެހުންތައް އެބަހުރި ކަމަށާއި، ރަނގަޅުކުރަން ވެސް ބައިވަރު ކަންކަން އެބަހުރި ކަމަށެވެ. އަދި އޭގެ ތެރެއިން ގިނަ ކަންތައްތަކެއް ރަނގަޅު ވެސް ކުރެވިފައިވާ ކަމަށާއި ނަމަވެސް 2023 އަނެއްކާވެސް އެމްޑީޕީއަށް ލިބުމަކީ މި ގައުމުގައިހުރި އެފަދަ ކަންކަން ހަމަޖައްސާލާ ރަނގަޅުކޮށްލަން ކޮންމެހެން ވެސް ބޭނުން ކަމެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.



"އަޅުގަނޑުމެންނަކަށް ނުފެނޭ އަޅުގަނޑުމެންގެ އިދިކޮޅު ފަރާތްތަކުން އަޅުގަނޑުމެން މި ނެރޭ ކަހަލަ ސިޔާސަތުތަކެއް ނޫނިއްޔާ ރައްޔިތުން ބާރުވެރި ކުރުވާ ނުވަތަ ޑިމޮކްރެޓިކް މުޖުތަމައަކަށް ގެންދަން މަސައްކަތް ކުރާތަނެއް. އެބޭފުޅުން ބަދަލުވީތަނެއް ނުފެނޭ އަދިވެސް އަޅުގަނޑުމެނަކަށް. އެހެންވީމަ މިކަން އަދިވެސް ކުރަން މިއޮތީ އަޅުގަނޑުމެން." ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒުގެ ވާހަކައިގައި އިތުރަށް ވިދާޅުވީ، މި އިންތިހާބުގެ ނަތީޖާ ނުކުންނަ ގޮތަކުން ޕާޓީއަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށެވެ. އަދި ފައްޔާޒުގެ ޓީމު މަގާމުތަކަށް އަތުވެއްޖެނަމަ އެމްޑީޕީއަކީ ވެރިކަންކުރާ ޕާޓީއެއްގެ ސިފަ ޖެހިފައިވާ ޕާޓީއަކަށް ހެދުމަށް ކުރަންޖެހޭ ކަންތައްތައް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފައްޔާޒު މިފަދައިން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން ރައީސް މުޙައްމަދު ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުން ދަނީ ސަރުކާރު ހިންގުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި އެނޫން ވެސް ގޮތްގޮތުން ދަތިކުރުމަށް މަސައްކަތް ކުރަމުން ކަމަށް ޕާޓީގެ ރައީސް ޞާލިޙަށް ތާއީދުކުރާ ފެކްޝަންގެ ބޭފުޅުން ގެންދަވަނީ ތުހުމަތު ކުރަށްމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން