ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން (ވ)
ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން (ވ)
އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ގިނަ މެންބަރުން މިނިސްޓަރ ފައްޔާަޒަށް ތާޢީދުކުރަނީ މަޖުބޫރުކަމެއްނެތި ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ވިދާޅުވެއްޖެއެވެ.

މެންބަރު އިކްރާމް މިމޭރުމުން ވިދާޅުވެފައިމިވަނީ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގެ ކެމްޕޭން ފޯރި ވަރަށް ގަދަވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުންގެ ތެރެއިން ގިނަ މެންބަރުން ތާޢީދު ކުރަށްވަމުން ގެންދަވަނީ މިނިސްޓަރ ފައްޔާޒަށެވެ.

އިކްރާމް ވިދާޅުވީ މަޖިލީހުގެ އެމްޑީޕީގެ ސާޅީހަށްވުރެ ގިނަ މެންބަރުންނާއި ދާއިރާތަކުގެ ރައީސުންގެ ބޮޑު މެޖޯރިޓީއެއް މިނިސްޓަރ ފައްޔާޒާއި އަންހެނުންގެ ރޫހުގެ ރައީސްކަމަށް ރޮޒައިނާއަށް އެއްވެސް މަޖުބޫރުކަމެއްނެތި ތާޢީދުކުރާނީ ހަގީގަތުގައިވެސް އެމްޑީޕީ ހިންގާލަން ބޭނުންވާތީ ކަމަށެވެ.



އޭގެ އިތުރުން އިކްރާމްވަނީ އެމްޑީޕީގެ ޗެއަރޕާސަންކަމަށް އެންމެން ގުޅިގެން ފައްޔާޒް ހޮވުމަށް މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބުގެ ކެމްޕޭންތެރޭގައި ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ވަނީ އިންތިހާބުގެ ކެމްޕޭންގައި ފައްޔާޒުގެ ޓީމުން ވަޒީފާގެ ބިރު ދައްކާ ކަމަށާއި ޕްރޮޖެކްޓްތައް ހުއްޓާލާނެކަމުގެ ބިރު ދައްކާ ކަމަށް ތުހުމަތު ކޮށްފައެވެ. އަދި މިނިސްޓަރުކަމުގެ މަގާމު ހަމަވާން އޮތީ ދޮޅު އަހަރެއްހާ ދުވަސް ކަމަށް އީވާ ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 14 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު