އެމްޑީޕީގެ އަންހެނުންގެ ރޫޙުގެ ރައީސާކަމަށް ވާދަކުރަށްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމަކީ ސިޔާސީގޮތުން އަމިއްލަފައިމައްޗަށް ކޮޅަށްތެދުވެ ހުންނެވި ކަނބަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ޙުސައިން ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އަންހެނުންގެ ރޫހުގެ ރައީސާކަމަށް ވާދަކުރަށްވާ ރޮޒޭނާ އާދަމަށް ތާޢީދު ކުރަށްވައި ހިސާން ވިދާޅުވީ އަންހެނުން ބާރުވެރި ކުރެވޭނީ ސިޔާސީގޮތުން އުރައްޕެއްހުރި މީހަކަށް ކަމަށެވެ. އެގޮތުން ރޮޒޭނާ އަކީ ސިޔާސީގޮތުން އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެ ހުންނެވި ކަނބަލެއްކަމަށް ހިސާން ވިދާޅުވިއެވެ.
"އަޅުގަނޑަކަށް ނުފެނޭ އަންހެނުންގެ ރޫހުގެ ރައީސްކަމަށް އެއަށްވުރެ ވަކި ޤާބިލް ބޭފުޅެއް އަޅުގަނޑުމެންނަށް އިންތިޚާބުކުރެވިދާނެ ކަމަކަށް." ހިސާން ވިދާޅުވިއެވެ.
އަންނަ މެއި މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އިންތިހާބުގައި އަންހެނުންގެ ރޫހުގެ ރައީސް ކަމުގެ މަގާމަށް ވާދަކުރަށްވަނީ މެންބަރު ރޮޒައިނާ އާދަމާއި ސަފާތު އަހުމަދު ޒާހިރެވެ.

Thank you @hisaanhussain for your support ❤️❤️❤️ pic.twitter.com/e2ZNbo27Gh
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) April 15, 2022
އަންނަ މެއި މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އިންތިހާބުގައި އަންހެނުންގެ ރޫހުގެ ރައީސް ކަމުގެ މަގާމަށް ވާދަކުރަށްވަނީ މެންބަރު ރޮޒައިނާ އާދަމާއި ސަފާތު އަހުމަދު ޒާހިރެވެ.
ކިޔުންތެރިންގެ ހިޔާލު