މިއަދު ބޭއްވި ހދ. ނޭކުރަންދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ބައި-އިލެކްޝަންގެ ވަގުތީ ނަޖީތާ އިލެކްޝަންސް ކޮމިޝަނުން އާންމު ކޮށްފިއެވެ.
2 ގޮނޑިއަކަށް މެންބަރުން ހޮވުމަށް ބޭއްވި މި އިންތިހާބުގެ ވަގުތީ ނަތީޖާއަށް ބަލާއިރު، އެންމެ ގިނަ ވޯޓު ހޯދާފައިވަނީ ޕީޕީއެމްގެ ކެންޑިޑޭޓު ހަދީޖާ އިބްރާހީމެވެ. އޭނާ ވަނީ 158 ވޯޓު ހޯދާފައެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ހޯދީ އެމްޑީޕީގެ ފަރާތުން ކުރިމަތިލާފައިވާ އާމިނަތު ސުވައިދާއެވެ.
ޖުމުލަ 357 މީހުން ވޯޓުލީ މި އިންތިހާބުގައި 1020 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވެއެވެ. އިންތިހާބުގައި ސައްހަ ވޯޓުގެ ގޮތުގައި 602 ވޯޓު ގުނާފައިވާއިރު ނުދޭވޯޓުގެ ގޮތުގައި 77 ވޯޓު ވަނީ ގުނާފައެވެ. އަދި ބާތިލު 35 ވޯޓެއް ހިމެނެއެވެ.
މި އިންތިހާބުގައި ކެންޑިޑޭޓުން ނެރެފައިވަނީ އެމްޑީޕީ، ޕީޕީއެމް އަދި އަދާލަތު ޕާޓީގެ ފަރާތުންނެވެ. މި ހުރިހާ ޕާޓީއަކުން ވެސް ވަނީ 2 ގޮނޑިއަށް ވެސް ކެންޑިޑޭޓުން ނެރެފައެވެ. އެކޮމެޓީގައި މިހާރު ތިބެނީ އެމްޑީޕީގެ މެންބަރަކާއި އަދާލަތު ޕާޓީގެ މެންބަރަކާއި އަދި އަމިއްލަ ގޮތުން ހޮވިފައިވާ މެންބަރެކެވެ. އެހެންކަމުން އެއްވެސް ޕާޓީއަކަށް އެ ކޮމެޓީގެ މެޖޯރިޓީ ލިބިފައެއް ނުވެއެވެ.

މިއަދު ބޭއްވުނު ބައި-އިލެކްޝަންގެ ވަޤުތީ ނަތީޖާ. pic.twitter.com/3P2CA0eh7q
— Elections Commission (@ElectionsMv) April 16, 2022
މި އިންތިހާބުގައި ކެންޑިޑޭޓުން ނެރެފައިވަނީ އެމްޑީޕީ، ޕީޕީއެމް އަދި އަދާލަތު ޕާޓީގެ ފަރާތުންނެވެ. މި ހުރިހާ ޕާޓީއަކުން ވެސް ވަނީ 2 ގޮނޑިއަށް ވެސް ކެންޑިޑޭޓުން ނެރެފައެވެ. އެކޮމެޓީގައި މިހާރު ތިބެނީ އެމްޑީޕީގެ މެންބަރަކާއި އަދާލަތު ޕާޓީގެ މެންބަރަކާއި އަދި އަމިއްލަ ގޮތުން ހޮވިފައިވާ މެންބަރެކެވެ. އެހެންކަމުން އެއްވެސް ޕާޓީއަކަށް އެ ކޮމެޓީގެ މެޖޯރިޓީ ލިބިފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު