މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ބައި މިލިއަން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ، މި ހިނގާ އޭޕްރީލް މަހުގެ 14 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް ބައިމިލިއަން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ އިނގިރޭސި ވިލާތުން ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީންވަނީ ފަތުރުވެރިކަމުގެ މި ކާމިޔާބީ ހާސިލު ކުރުމަށް އެކި ގޮތްގޮތުން އެހީތެރިވި އެންމެހާ ފަރާތްތަކަށް މަރުހަބާ ކިޔާ ޝުކުރު އަދާކޮށްފައެވެ.
ބައިމިލިއަން ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވާކަން ހާމަކޮށްފައިވާއިރު، ސަރުކާރުންވަނީ މިއަހަރު 2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް އަމާޒު ހިފާފަފައެވެ. މިދިޔަ އަހަރުގެ ފަހުކޮޅު ޓޫރިޒަމް މިނިސްޓަރ ޑރ. މައުސޫމް ވިދާޅުވީ، މި އަހަރު ދެ މިލިއަން ޓޫރިސްޓުން ގެނެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ.
މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު ރާއްޖޭގެ ޓޫރިޒަމްވެސް އެއްކޮށްހެން ހުއްޓުނެވެ. ނަމަވެސް، ބަލިމަޑުކަމުން އަރައިގަނެ ރާއްޖޭގެ ޓޫރިޒަމް ވެސް މިހާރު ދަނީ ބާރު ސްޕީޑުގައި ކުރިއަރަމުންނެވެ. އެގޮތުން ކޯވިޑާއި ގުޅިގެން ބަންދުކުރި ރާއްޖޭގެ ބޯޑަރުތައް، 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު އަލުން ހުޅުވުމަށްފަހު، އެއަހަރު ނިމުނުއިރު ރާއްޖެއަށް 555،494 ފަތުރުވެރިން އައިސްފައިވެއެވެ. އަދި މިދިޔަ އަހަރަށް ރާއްޖެއިން އަމާޒުހިފި 1.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމުގެ އަމާޒުވެސް ވަނީ ޙާސިލުކޮށްފައެވެ،

Tourist arrivals to Maldives for Year 2022 crossed #HalfMillion mark on 14th April, with United Kingdom leading the markets for the 1st time ever in #Maldives tourism history. Congratulations and thanks to ALL who contribute and support Maldives Tourism. @MvTourism50
— Ministry of Tourism (@MoTmv) April 16, 2022
ބައިމިލިއަން ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވާކަން ހާމަކޮށްފައިވާއިރު، ސަރުކާރުންވަނީ މިއަހަރު 2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް އަމާޒު ހިފާފަފައެވެ. މިދިޔަ އަހަރުގެ ފަހުކޮޅު ޓޫރިޒަމް މިނިސްޓަރ ޑރ. މައުސޫމް ވިދާޅުވީ، މި އަހަރު ދެ މިލިއަން ޓޫރިސްޓުން ގެނެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ.
މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު ރާއްޖޭގެ ޓޫރިޒަމްވެސް އެއްކޮށްހެން ހުއްޓުނެވެ. ނަމަވެސް، ބަލިމަޑުކަމުން އަރައިގަނެ ރާއްޖޭގެ ޓޫރިޒަމް ވެސް މިހާރު ދަނީ ބާރު ސްޕީޑުގައި ކުރިއަރަމުންނެވެ. އެގޮތުން ކޯވިޑާއި ގުޅިގެން ބަންދުކުރި ރާއްޖޭގެ ބޯޑަރުތައް، 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު އަލުން ހުޅުވުމަށްފަހު، އެއަހަރު ނިމުނުއިރު ރާއްޖެއަށް 555،494 ފަތުރުވެރިން އައިސްފައިވެއެވެ. އަދި މިދިޔަ އަހަރަށް ރާއްޖެއިން އަމާޒުހިފި 1.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމުގެ އަމާޒުވެސް ވަނީ ޙާސިލުކޮށްފައެވެ،
ކިޔުންތެރިންގެ ހިޔާލު