ކަނޑިތީމު ދާއިރާގެ އެމްޑީޕީގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލް ހަކީމް
ކަނޑިތީމު ދާއިރާގެ އެމްޑީޕީގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލް ހަކީމް
މިހާރު އެމްޑީޕީގެ ތެރެއިން ފެންނަނީ ތިލަފަތުގެ ރަމްޒުގެ ނަމުގައި ހުދުމުހުތާރު ކަމަށް ޕާޓީ ދީލާލަން މަސައްކަތް ކުރާތަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ އެމްޑީޕީގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލް ހަކީމް ވިދާޅުވެއްޖެއެވެ.

ޝަހީމް މިއަދު ވިދާޅުވީ، އެމްޑީޕީ ވުޖޫދުވީ ހުދުމުހުތާރު ވެރިކަމުން ރައްޔިތުން ސަލާމަތް ކުރުމަށް ކަމަށާއި ނަމަވެސް، 17 އަހަރު ފަހުން މި ފެންނަނީ އެމްޑީޕީ ތެރެއިން ތިލަފަތުގެ ރަމްޒުގެ ނަމުގައި ބަޔަކު ނުކުމެ ހުދުމުހުތާރު ބާރުވެރިކަމަށް ޕާޓީ ދީލާލާން މަސައްކަތް ކުރާތަން ކަމަށެވެ.

މިއަންނަ މެއި މަހުގެ 14 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއަރޕާސަންކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް އިންތިހާބު ކުރުމަށް ތާއީދު ކުރައްވާ ޝަހީމް މީގެ ކުރިން ވެސް ވަނީ އެމްޑީޕީގެ ލީޑަރޝިޕްގެ މަގާމުތަކުގައި މިހާރު ތިއްބެވި ބޭފުޅުންނަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން، ޝަހީމް މީގެކުރިން ވިދާޅުވެފައިވަނީ، ރަށްރަށުގައި އެމްޑީޕީގެ ހަރަކާތްތައް ވަރުގަދަ ކުރެވޭނީ ޕާޓީއަށް ލިބޭ ފައިސާ ގޮފިތަކަށް ނިސްބަތުން ދީގެން ކަމަށާއި ގަރާރަކުން ފާސްކުރުމުން ވެސް އެކަން ނުކޮށްދީފައި އަނެއްކާ ހަމަ އެ ލީޑަރޝިޕްގެ ބޭފުޅުން ނުކުމެ ގޮފިތަކުގެ މެންބަރުން ގާތު ބުނަމުންދަނީ އެބޭފުޅުންނަށް މި އިންތިހާބުގައި ވޯޓު ދިނުމަށް ކަމަށެވެ.

އޭނާ ވިދާޅުވެފައިވަނީ، އެމްޑީޕީގެ މެންބަރުންނަކީ ހައްގުބަސް ބުނަން ފަސްނުޖެހޭ ބައެއް ކަމަށާއި އެ މެންބަރުންގެ ފަނޑުވެފައިވާ އުންމީދުތަކަށް ހިތްވަރު ލިބިގެން ދިޔައީ ޗެއަރޕާސަން ކަމަށް ފައްޔާޒު ނުކުންނެވި ހިސާބުން ކަމަށެވެ.

މި އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަނުން ވެސް ކެންޑިޑޭޓުން ނެރެފައިވާއިރު، ފައްޔާޒުގެ ޓީމުން ބުނަމުންދަނީ މި އިންތިހާބުގައި އެ ޓީމު ނުކުންނަނީ އެމްޑީޕީ ހިންގާލަން ކަމަށެވެ. ނަމަވެސް، ދެން މި އިންތިހާބުގައި ވާދަކުރައްވާ އިމްތިޔާޒު ފަހުމީގެ ޓީމުންދަނީ ފައްޔާޒުގެ ޓީމްގެ ބޮލުގައި ވައްކަމާއި ކޮރަޕްޝަންގެ ތުހުމަތު އަޅުވާ އެންޓި ކެމްޕޭން ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން