މިހާރު ބަންދުކޮށްފައިވާ މާލޭ ހުކުރު މިސްކިތް، މިހާރު ކުރިއަށްދާ ފުރަބަންދު ނިމި، މިސްކިތްތައް ހުޅުވާއިރު ހުޅުވުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޯ އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް، މުޙައްމަދު ޠާރިޤު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއަށް މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި، މިނިސްޓަރ އޮފް ސްޓޭޓް ފޯ އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް، މުޙައްމަދު ޠާރިޤު ވިދާޅުވީ، މަރާމާތަށްޓަކައި މިހާރު ބަންދުކޮށްފައިވާ މާލޭ ހުކުރު މިސްކިތް، މިހާރު ކުރިއަށްދާ ފުރަބަންދު ނިމި، މިސްކިތްތައް ހުޅުވާއިރު ހުޅުވުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
ނަމަވެސް، އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އެ މިސްކިތުގެ އާބާތުރަ ފިލުވައި މަރާމާތު ކުރުމުގެ މަސައްކަތް ފެށުމުން، މަސައްކަތް ކުރިއަށްދާ ގޮތަށް ބަލައި، މިސްކިތުގެ އެކި ބައިބައި ބަންދުކުރަންޖެހޭނެކަން ޠާރިޤު ފާހަގަކުރެއްވިއެވެ.
ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމާއި މަރާމާތު ކުރުމުގެ މަސައްކަތް ފެށޭނެ ތާރީޚެއް އެނގޭނީ މިވަގުތު ދިމާވެފައިވާ އާލަމީ ވަބާގެ ޙާލަތުން ކޮންމެވެސް ވަރަކަށް އަރައިގަނެވިގެންކަން ހެރިޓޭޖް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި މިނިސްޓްރީގެ ދަށުގައިވާ އެކި މުއައްސަސާތަކުން ވަނީ އެތަންތަނުގެ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ކޮމިޓީގެ މެންބަރުންނާއި ހިއްސާކުރައްވައި، މެންބަރުންގެ ސުވާލުތަކަށް މިނިސްޓްރީގެ އިސްވެރިން ވަނީ ޖަވާބު ދެއްވާފައެވެ.
ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޓީގެ މުޤައްރިރު، ބާރަށު ދާއިރާގެ މެންބަރު އަޙުމަދު ޢަބްދުﷲ ވިދާޅުވީ، އެ ކޮމިޓީއިން އެއްކުރެއްވި މަޢުލޫމާތުތަކަށް ބަލާއިރު، ކޯވިޑް-19 ގެ ޙާލަތާއި ގުޅިގެން ގޭގައި މަސައްކަތް ކުރުމުގެ އިންތިޒާމުތައް އެންމެ ރަނގަޅަށް ހަމަޖައްސާފައިވާ އެއް މިނިސްޓްރީއަކީ މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްކަން ފާހަގަވެވަޑައިގެންފައިވާ ކަމަށެވެ.
އަދި ކޮމިޓީގެ މެންބަރުން ވަނީ އެ މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށް ގެންދަވާގޮތަށް ތަޢުރީފު ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު