ރާއްޖޭގައި ބިދޭސީން އަދާކުރަމުންދިޔަ ވަޒީފާތަކަށް ދާން ބޭނުންވާ ހުރިހާ ދިވެހިންނަށް ފުރުސަތު ދިނުމަށްފަހު ނޫނީ ގައުމުތަކަށް އަނބުރާ ފޮނުވާލި ބިދޭސީން އަނބުރާ ނުގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު ގޮވާލައްވައިފިއެވެ.
ރާއްޖެ އާއި މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ ރިސޯޓްތަކާއި އަމިއްލަ އެތައް ކުންފުނިތަކެއް ވަނީ ބަނގުރޫޓްވެ ހުއްޓާލަންޖެހިފައެވެ. ޢަމިއްލަ ގިނަ ކުންފުނިތަކާއި ރިސޯޓްތަކެއްގައި މަސައްކަތްކުރާ އެތައް ބަޔަކު ވަޒީފާއިން ވަކިކޮށްފައިވާއިރު، އެތަންތަނުގައި މަސައްކަތްކުރާ އެތައް ހާސް ބިދޭސީން ވެސް މަގުމަތިވުމާއި ގުޅިގެން ސަރުކާރުން އެ ބިދޭސީން ބަލަހައްޓައި އެމީހުންގެ ގައުމުތަކަށް އަނބުރާ ފޮނުވާލުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ޢެގޮތުން މިހާރު ވެސް ގިނަ އަދަދެއްގެ ބިދޭސީން ވަނީ އެމީހުންގެ ގައުމުތަކަށް ފޮނުވާލާފައެވެ.
އެކަމަށް އިޝާރަތް ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު ރީކޯ މޫސާ މަނިކު ކުރެއްވި ޓުވީޓެއްގައި، އެވަޒީފާތަކަށް ދާން ބޭނުންވާ ދިވެހިންނަށް ފުރުސަތު ދިނުމަށްފަހުގައި ނޫނީ ފޮނުވާލި ބިދޭސީން އަލުން އަނބުރާ ރާއްޖެ ނުގެނައުމަށް ވަނީ ގޮވާލައްވާފައެވެ.
"ކުންފުނި ތަކާއި ރިސޯޓްތަކާއި އެހެންތަންތަނުގައި މަސައްކަތްކޮށްފައި ފުރައިގެން އެދާ ބިދޭސީން ގެނައުމުގެ ކުރިން އެވަޒީފާތަކަށް ބޭނުންވާ ހުރިހާ ދިވެހިންނަށް އެ ފުރުސަތު ދިނުމަށްފަހު ނޫނީ އަލުން ބޭރު މީހުންނަށް ފުރުސަތު ހުޅުވާނުލުން އެދެން." ހެވީލޯޑްގެ އެއް ހިއްސާދާރު ރީކޯ މޫސަ ވިދާޅުވިއެވެ.
މި ޓުވީޓްގައި ރީކޯ މޫސަ ވަނީ އިކޮންމިކް މިނިސްޓަރ ފަައްޔާޒް އިސްމާއިލާއި އިމިގްރޭޝަން ކޮންޓޯލަރ ޓެގްކުރައްވާފައެވެ.
ރީކޯ މޫސަގެ މި ވާހަކަތައް ހިމެނޭ ޓުވީޓާ ގުޅިގެން އާންމުންގެ މީހަކު ކޮށްފައިވާ ޓްވީޓެއްގައި، މޫސަގެ ކުންފުނިން އެގޮތަށް އަމަލު ކޮށް ނަމޫނާ ދެއްކުމަށް ގޮވާލާފައި ވެއެވެ. އޭނާ ބުނީ އެއީ މިހާތަނަށް މޫސަ ވިދާޅުވި އެންމެ ރަނގަޅު އެއް ވާހަކަ ކަމަށެވެ. އެކަމަށް ރައްދު ދެމުން މޫސަ ވިދާޅުވީ އޭނާ އަކީ އަބަދުވެސް އެގޮތަށް މަސައްކަތްކުރާ މީހެއް ކަމަށާއި އަލަށް ދައްކާނެ މިސާލެއް ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު