ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ވިޕްލައިނާއި ހިލާފުވެގެން ވެސް ޕާޓީން ވަކި ކުރެވެނީ ވަކިބައެއްކަމަށް ބުނެ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ މޫސާ ޢަލީ މަނިކު (މޫކޭ)، މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲއަށް ފާޑުވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ މެންބަރުންގެ ޒަމީރުގެ މިނިވަންކަން ދިފާއުކުރުމާއި، ޕާޓީގެ އަސާސްތައް ކަމުގައިވާ ހަމަހަމަކަމާއި ތެދުވެރިކަމުގައި ގަދަޔަށް ބަގުޑިލާންޖެހޭ ކަމަށް ލ. އަތޮޅުގެ މެމްބަރުން ބުނެފައިވާ ކަމަށް ބުނެ އީވާ މިއަދު ކުރެއްވި ޓްވީޓަކަށް ރައްދުދުދެއްވަމުން މޫކޭ ވިދާޅުވީ، ހުރިހާ އަތޮޅަކުން ވެސް މިނިވަންކަމާއި ހަމަހަމަކަން އޮޅުލައިގެން ވިޔަސް ދިފާއު ކުރަން ބޭނުންވާނެ ކަމަށެވެ.
އަދި އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބުގައި ވާދަކުރާ އިމްތިޔާޒު ފަހުމީއަކީ ތިލަފަތުގެ ރަމްޒުކަމަށް ބުނަމުންދާތީ އެކަމަށް ފާޑު ވިދާޅުވަމުން މޫކޭވަނީ އީވާއަށް މުހިންމު ސުވާލެއް ރައްދު ކުރައްވާފައެވެ.
"ސުވާލަކީ ވިޕްލައިނާ ހިލާފުވެގެން ރީކޯ ޕާޓީއިން ކަނޑާލިގޮތަށް ފިތުނައިގެ ރަމްޒު ވިޕްލައިނާ ހިލާފުވީމަ ކުރެވުނު ކަމަކީ ކޮބައިތޯ؟ އަދި ފިޔަވަޅު އަޅާ ކޮމެޓީގައި ތިބީ ކޮން ބައެއްތޯ؟" މޫކޭ ވިދާޅުވިއެވެ.
މޫކޭގެ ވާހަކައިގައި އަލިއަޅުވާލައްވާފައިވާ، އެޕާޓީގެ މަޖިލިސް މެންބަރުންތަކެއް ވިޕްލައިނާ ހިލާފުވުމުން ވެސް ފިޔަވަޅު ނޭޅިކަމުގެ މައްސަލައަކީ 2020 ވަނަ އަހަރުގެ ތެރޭގައި އޭރު އޮތް ކައުންސިލްތަކުގެ ދައުރު ދަންމާލުމަށް ނެގި ވޯޓުގައި މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެންބަރުން ޕާޓީގެ ވިޕްލައިނާ ހިލާފުވި މައްސަލައެކަށެވެ.
އެ މައްސަލާގައި މަޖިލީހުގައި ނެގި ވޯޓުގައި އެމްޑީޕީގެ 4 މެންބަރަކު ވިޕްލައިނާ ހިލާފުވެ ޕާޓީގެ ނިންމުމާ ދެކޮޅަށް ވަނީ ވޯޓު ދެއްވާފައެވެ. އޭގެ ތެރޭގައި އެންމެ ފާހަގަ ކޮށްލެވެނީ، ޗެއަރޕާސަންގެ މަގާމަށް މިހާރު ވާދަކުރަށްވާ އިމްތިޔާޒު ފަހުމީއާއި އެ ކެމްޕޭންގައި އޭނާގެ ސްޕޯކްސްޕާސަންގެ ގޮތުގައި މަސައްކަތް ކުރައްވާ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދުވެސް ވިޕްލައިނާ ޚިލާފުވެފައިވާކަމެވެ.
އެދުވަހުގެ ވޯޓުގައި އެ މެންބަރުން ވިޕްލައިނާ ހިލާފަށް ވޯޓު ދިނުމުން ވެސް، ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީން އެ މެންބަރުންނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި އިމްތިޔާޒު ފަހުމީއަކީ އެ ޕާޓީގައި އޭރުވެސް ފިޔަވަޅު އަޅާ ކޮމެޓީގައި ހިމެނޭ މެންބަރެއްކަމެވެ.
ހަމަ މިފަދަ މައްސަލައެއްގައި ޕާޓީގެ ވިޕްލައިނާ ހިލާފުވެގެން މީގެ ކުރިން އެމްޑީޕީގައި ވަރަށް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ރީކޯ މޫސާމަނިކު ވަނީ އެ ޕާޓީން ވަކިކޮށްފައެވެ.

Hurihaa atholhakunves minivan kamaai hama hamakan olhulaigen viyas dhifaau kuran beynunvaane. Suvaalakee whip aa hilaafuvegen Reeko party in Kandaali gothah #FithunaigeRamzu whip aa hilaafu veema kurevunu kamakee kobaatho? Adhi fiyavalhu alhaa commity ga thibee kon baehtho? 🤷🏾♂️ https://t.co/H5BNPrb06y
— Moosa Ali Manik 🇲🇻 (@VMookey) April 17, 2022
މޫކޭގެ ވާހަކައިގައި އަލިއަޅުވާލައްވާފައިވާ، އެޕާޓީގެ މަޖިލިސް މެންބަރުންތަކެއް ވިޕްލައިނާ ހިލާފުވުމުން ވެސް ފިޔަވަޅު ނޭޅިކަމުގެ މައްސަލައަކީ 2020 ވަނަ އަހަރުގެ ތެރޭގައި އޭރު އޮތް ކައުންސިލްތަކުގެ ދައުރު ދަންމާލުމަށް ނެގި ވޯޓުގައި މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެންބަރުން ޕާޓީގެ ވިޕްލައިނާ ހިލާފުވި މައްސަލައެކަށެވެ.
އެ މައްސަލާގައި މަޖިލީހުގައި ނެގި ވޯޓުގައި އެމްޑީޕީގެ 4 މެންބަރަކު ވިޕްލައިނާ ހިލާފުވެ ޕާޓީގެ ނިންމުމާ ދެކޮޅަށް ވަނީ ވޯޓު ދެއްވާފައެވެ. އޭގެ ތެރޭގައި އެންމެ ފާހަގަ ކޮށްލެވެނީ، ޗެއަރޕާސަންގެ މަގާމަށް މިހާރު ވާދަކުރަށްވާ އިމްތިޔާޒު ފަހުމީއާއި އެ ކެމްޕޭންގައި އޭނާގެ ސްޕޯކްސްޕާސަންގެ ގޮތުގައި މަސައްކަތް ކުރައްވާ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދުވެސް ވިޕްލައިނާ ޚިލާފުވެފައިވާކަމެވެ.
އެދުވަހުގެ ވޯޓުގައި އެ މެންބަރުން ވިޕްލައިނާ ހިލާފަށް ވޯޓު ދިނުމުން ވެސް، ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީން އެ މެންބަރުންނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި އިމްތިޔާޒު ފަހުމީއަކީ އެ ޕާޓީގައި އޭރުވެސް ފިޔަވަޅު އަޅާ ކޮމެޓީގައި ހިމެނޭ މެންބަރެއްކަމެވެ.
ހަމަ މިފަދަ މައްސަލައެއްގައި ޕާޓީގެ ވިޕްލައިނާ ހިލާފުވެގެން މީގެ ކުރިން އެމްޑީޕީގައި ވަރަށް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ރީކޯ މޫސާމަނިކު ވަނީ އެ ޕާޓީން ވަކިކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު