އެމްޕީ އަސްަލަމް ރައީސް ނަޝީދާއިއެކު
އެމްޕީ އަސްަލަމް ރައީސް ނަޝީދާއިއެކު
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގައި ވަކި މީހަކަށް ތާއީދު ނުކޮށްފިނަމަ އެމީހަކީ ބޯވައަކަށް ވާކަމަށް، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ޗެއަރޕާސަން ކަމުގެ މަގާމަށް ވާދަކުރާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލްގެ ކެމްޕޭން އޮފީހެއް އައްޑޫ ސިޓީ ފޭދޫގައި، މިއަދުވަނީ ހުޅުވާފައެވެ. އޮފީސް ހުޅުވުމަށް ބޭއްވި ހަފްލާގައި އަސްލަމް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ހަފުލާގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ، އެމްޑީޕީގައި މިހާރު ވަކި މީހަކަށް ތާއީދު ކޮށްފިނަމަ އެ މީހަކީ ރަނގަޅު މީހެއްކަމަށް ނުވާކަމަށާއި އަދި އެމީހަކީ އިސްލާހަށް މަސައްކަތް ކުރި މީހަކަށް ވެސް ނުވާކަމަށެވެ. އަދި އެ މީހަކީ ކޮރަޕްޝަނާ ދުރު މީހަކަށް ވެސް ނުވާކަމަށެވެ.

"ހަމައެކަނި ވަކިމީހަކަށް ތާއީދު ކުރާ މީހަކީ މި ޕާޓީއަށް ބޯވައަކަށް ވެސް ނުވޭ. އެކަމު ދެން ތިބީ ހުސް ބޯވައިންނޯ." އިންތިހާބުގައި ފައްޔާޒާ ވާދަކުރަށްވާ ކެންޑިޑޭޓާއި އޭނާއަށް ތާއީދުކުރާ ފަރާތްތަކުން ދައްކާ ވާހަކަ ތަކަށް ރައްދު ދެއްވަމުން އަސްލަމް ވިދާޅުވިއެވެ.

އަސްލަމް އިތުރަށް ވިދާޅުވީ މި ޕާޓީއަކީ، މެންބަރުންގެ ޕާޓީއެއް ކަމަށާއި ޕާޓީއަށް އަލަށް ވަންނަ މީހާއަށް ވެސް ޕާޓީގެ އަސާސީ ގަވާއިދު ބުނާ ހައްގުތައް ލިބިދޭން ޖެހޭނެކަމަށެވެ.

ފައްޔާޒާއި ގުޅޭގޮތުން އަސްލަމް ވިދާޅުވީ، ފައްޔާޒަކީ ކެމްޕޭންގައި ވާދަވެރި ފަރާތްތަކުން ކުރާ ތުހުމަތުތަކާ އެއްގޮތަށް ވައްކަމާ ކޮރަޕްޝަނާއި ގުޅުހުންހުރި ބޭފުޅެއް ނޫންކަމަށެވެ. އަދި އެފަދަ ކަމެއް ފައްޔާޒުގެ ކިބައިން ފެނިއްޖެނަމަ ހަމަ ގައިމުވެސް އަސްލަމް އޭނާއާއިއެކު ނުހުންނަވާނެކަމަށް ވެސް ވިދާޅުވިއެވެ.

އަސްލަމް މިފަދައިން ވިދާޅުވެފައިވާއިރު، މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ވަނީ، އެމްޑީޕީއަށް އެހެން ޕާޓީތަކުން އަންނަ މީހުންނަކީ ބޯވަތަކެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. އެއާއިއެކު ޕާޓީ ތެރޭގައި އިތުރު ނުތަނަވަސްކަން އުފެދި ދެ ފެކްޝަންގެ ތެރޭގައި ވަނީ އިތުރު ހަމަނުޖެހުން އުފެދޭގޮތް ވެފައެވެ.



ކިޔުންތެރިންގެ ހިޔާލު


3

ލާސް

21-Apr-2022

އަސްލަމުގެ ހިތުގެހަސަދައަކީ މަޖުލިސްގެ ރައިސްކަންނުލިބުން ނސެހަތެއް ތިގާތްވާމީހުންނަކީ އަދިމާމަކަރުގަދަބައެއް ވިސްނާލާ


1

ރޯޒީ

21-Apr-2022

ރޮޒޭނާ އަކީ ބޯވައެއް



ޓްރެންޑިން