ސައިން ލޭންގުއެޖް އިންޓަޕްރިޓާ މަރިޔަމް ފަޒްނީ
ސައިން ލޭންގުއެޖް އިންޓަޕްރިޓާ މަރިޔަމް ފަޒްނީ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އިޝާރާތުގެ ބަހުރުވައިން ގެނެސްދޭން ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އިޝާރާތުގެ ބަހުރުވައިން ވަގުތުން ގެނެސްދެނީ ސައިން ލޭންގުއެޖް އިންޓަޕްރިޓާ މަރިޔަމް ފަޒްނީއެވެ. އެގޮތުން މިއަދުވަނީ މަޖިލީހުގެ ޖަލްސާތައް އިޝާރާތުގެ ބަހުރުވައިން ގެނެސްދޭން ފަށާފައެވެ.

މިދިޔައަހަރު ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދިޔަ "ޕްރެކްޓިސް ޕާލިއަމެންޓް ފޯ ޔޫތު" ޕްރޮގްރާމްގައި ބައިވެރިވި ކުދިންނާއެކު ބޭއްވެވި ބައްދަލުވުމެއްގައި ދަރިވަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ މަޖިލީހުގެ ޖަލްސާތައް އިޝާރާތުގެ ބަހުރުވައިން ގެނެސްދިނުމަށް މަސައްކަތް ކުރަށްވާނެކަމަށް ވިދާޅުވެފައެވެ.

އެބައްދަލުވުމުގައި ބައިވެރިވި ގްރޭޑް 7 ގައި ކިޔަވާ އަޑު އިވުމުން މަހުރޫމްވެފައިވާ ނާއިޝް ނަމަކަށް ކިޔާ ދަރިވަރަކު އޭނާފަދަ އަޑުއިވުމުން މަހުރޫމްވެފައިވާ ޒުވާނުންނަށް މަޖިލީހުގެ މަސައްކަތްތައް ދެނެގަނެވޭނެ ގޮތެއް ވާނެތޯ މަޖިލީހުގެ ރައީސް އަރިހުގައި ވަނީ ސުވާލުކޮށްފައެވެ.

ނާއިޝްގެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވަނީ އެކަން އެގޮތަށް ކުރިއަށް ނުދާތީ މައާފަށް އެދިވަޑައިގެންފައެވެ. އަދި އެމަސައްކަތް ކުރައްވަން ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރައްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގައި ފަހަކަށް އައިސް ސަރުކާރުން ބާއްވާ ބޮޑެތި ޖަލްސާތަކާއި ބައްދަލުވުންތައް އިޝާރާތުގެ ބަހުރުވައިން ގެނެސްދެއެވެ. އަދި ހުކުރު ހުތުބާވެސް އިޝާރާތުގެ ބަހުރުވައިން އަންނަނީ ގެނެސްދެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން