ފުޓުބޯޅަ ދަނޑެއްގައި ޓާފްއަޅައި ނިންމާލުމަށް 8 މިލިއަން ރުފިޔާ ހޭދަވާކަމަށް ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ މަޙްލޫފް ވިދާޅުވީ ފުޓުބޯޅަ ދަނޑެއްގައި ސަބްބޭސް މަސައްކަތް ނިންމައި، ވަށާފާރާއި، ފެންސާއި، ޓާފް އެޅުމަށް ޖުމްލަ 8 މިލިއަނެއްހައި ރުފިޔާ ހޭދަވާ ކަމަށެވެ. ނަމަވެސް ބަޖެޓްގައި އެއަށްވުރެ މަދުޢަދަދުތަކުން ފައިސާ ހަމަޖައްސާފައި ހުރުމުން މަސައްކަތުގެ ސްޕީޑަށް ބަދަލު އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ވައްޑެ މިއަދު ސުވާލު ކުރެއްވީ ރ.މާކުރަތު ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނުނިންމި ލަސްވެގެންދާ ސަބަބާ ގުޅޭ ގޮތުންނެވެ. މަހުލޫފު ވިދާޅުވީ ޔޫތު މިނިސްޓްރީގެ ބަޖެޓުގައި ފައިސާ ހިމަނާފައި ހުރީ އެއްވެސް މަޝްރޫޢެއް ފަށާ ގޮތަށް ގެންގޮސް ނިންމައިލެވޭ މިންވަރަށް ނޫން ކަމަށެވެ. އެހެންކަމުން މަސައްކަތްތައް ކުރިއަށް ގެންދަނީ އެހެން ކޯޑުތަކުން ފައިސާ ނަގައިގެން ބަޖެޓް ކޯޑަށް ފައިސާ އިތުރުކޮށްގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓްރ މަހުލޫފް މިއަދު ވިދާޅުވީ މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތް ފަހުން 40 ފުޓުބޯޅަދަނޑު ތަރައްގީކޮށްފައިވާނެ ކަމަށެވެ. އަދި މިހާރުވެސް ޖުމްލަ 50 ބޮޑު ދަނޑުގެ މަސައްކަތް ކުރިއަށް ދާކަމަށް މަޙްލޫފް މިއަދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު