9 އަހަރަށްފަހު، އެމެރިކާގެ ފަސްގަނޑުން، އުދުއްސާލި ފެލްކަން 9، ރޮކެޓް ނާސާގެ ދެ ޖައްވީ ފަޅުވެރިންނާއެކު ޖައްވަށް ގޮސް ބައިނަލްއަޤްވާމީ ޖައްވީ ސްޓޭޝަނާއި ގުޅާލައި ސްޓޭޝަނަށް ވަދެއްޖެއެވެ. މިފަހަރު ނާސާއިން ޖައްވަށް ފޮނުވާލި މި ރޮކެޓަކީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ސްޕޭސް އެކްސް ކުންފުނީގެ ރޮކެޓެކެވެ.
ޖީއެމްޓީ ގަޑިން ހޮނިހިރު ދުވަހުގެ އިރުއޮއްސި 19:22 ގައި އެމެރިކާގެ ބިމުން ފެށި މިދަތުރުގައި ބައިވެރިވާ ދެ އެސްޓްރޮނައުޓް ކަމަށްވާ ޑޮގް ހާލޭ އަދި ބޮބް ބެންކެންގެ މިދަތުރުގައި ޖައްވީ ސްޓޭޝަނާއި ހަމައަށް ވާސިލު ވުމަށް 19 ގަޑިއިރު ނެގިއެވެ.
ސްޕޭސް އެކްސް ކުންފުނީގެ ރޮކެޓް، ފެލްކަން 9 އެއްގެ ދަތުރަށް ފުރީ، 2011 ވަނަ އަހަރު އެމެރިކާއިން ނާސާއަށް ކުރި ދަތުރުގައި ބޭނުންކުރި ޖައްވީ އުޅަނދު ނައްޓާލި ސަރަހައްދުންނެވެ. 2011 ވަނަ އަހަރަށް ފަހު، ނާސާ ގެ ދަތުރުތައް ކުރެވެމުން އައީ ރަޝިޔާގެ ސްޕޭސްކްރާފްޓް ތަކުގެ އެހީގައެވެ.
ސްޕޭސް އެކްސް ކުންފުނީގެ ރޮކެޓް، ފެލްކަން 9 އެއް ދަތުރައް ފުރާތަން ބަލައިލުމަށް، ސްޕޭސް އެކްސް ކުންފުނީގެ ފައުންޑާ ކަމަށްވާ އީލަން މަސްކް އާއެކު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ އިތުރުން، ނައިބްރައީސް މައިކް ޕެންސް، ކޮމަރސް ސެކްރެޓަރީ ވިލްބަރ ރޮސް، އެޑިއުކޭޝަން ސެކްރެޓަރީ ބެޓްސީ ޑީވޯސް، ފްލޮރިޑާ ކޮންގްރެސްމަން މެޓް ގެޓްޒް އަދި ސެނަޓާ ރިކް ސްކޮޓް ބައިވެރިވެވަޑައިގެންފައި ވެއެވެ.
ފެލްކަން 9 އެއް ދަތުރަށްފެށުމުގެ ހަފުލާ ބަލާލުމަށްފަހު، މިކަން ސިފަކޮށްދެއްވަމުން، މިއީ ބަލާލަން ލިބުނު ރީތި މަންޒަރެއްކަމަށާއި، މިއިން ދައްކުވައިދެނީ އެމެރިކާގެ ބާރާއި، ޓެކްނޮލޮޖީގެ ނަމޫނާކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފާހަކުރައްވާފައިވެއެވެ.
މިއީ، ނާސާ ނޫން އެހެން ބަޔަކު، ސްޕޭސް ކްރާފްޓެއް އުފައްދައި ލޯންޗު ކުރި ފުރަތަމަ ފަހަރެވެ. އަދި މިދަތުރު ފުރިހަމަ ވެއްޖެނަމަ، މިއީ ހައި ޓެކް ވިޔަފާރި ވެރިޔާ އީލަން މަސްކް އަށް ލިބޭ ވަރަށް ބޮޑުކާމިޔާބީ އަކަށް ވާނެއެވެ. އީލަން މަސްކްގެ ސްޕޭސް އެކްސް ކުންފުންޏާ ވާދައަށް ބޮއެއިންގ ކޯ އިން އަންނަ އަހަރު ސްޕޭސް ކްރާފްޓެއް ޖައްވަށް ފޮނުވުމަށް ދަނީ ތައްޔާރު ވަމުންނެވެ.
19 ގަޑި އިރުގެ ދަތުރަކަށް ފަހު، ސްޕޭސް އެކްސް ކުންފުނީގެ ރޮކެޓް، ފެލްކަން ރޭ ވަނީ އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަނާ ގުޅާލާފައެވެ. މިމަންޒަރުތައް ނާސާ އިން ދިޔައީ ލައިވް ކޮށް އާންމު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު