މި ސަރުކާރަށް ވަރަށްގިނަ ގޯސް ހެދިއްޖެކަމަށާއި ރިޔާސީ އިންތިޚާބުގައި 50 އިންސައްތަ ވޯޓު ހޯދުމަކީ އުނދަގޫ މަސައްކަތަކަށްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އިސްމެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން ގޯސް ހެދޭކަން އަމިއްލައަށް ޤަބޫލުކޮށްގެން ނޫނީ ރިޔާސީ އިންތިޚާބު ފަސޭހަނުވާނެ ކަމަށެވެ. އޭގެ އިތުރުން މި ސަރުކާރަށް ރައްޔިތުންގެ ވޯޓްގެ 50 އިންސައްތަ ހޯދުން ވަަރަށް އުނދަގޫ ވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑަށް ހީވަނީ 50 ޕަސެންޓަށްވުރު އިތުރަށް ހޯދަން ވަރަަށް އުނދަގޫވާނެ ކަމަށް. މާގިނަ ގޯސް ހެދިއްޖެ. އަދި އެ ގޯސް އެއް ބަޔަކު އަނެއް ބަޔަކަށް ގަބޫލެއް ނުކުރޭ. ސަރުކާރަށް ލަފާ ކުރެވެނީ ވަރަށް ތާއީދު ބޮޑު ކަމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
މިއަހަރަކީ ސަރުކާރުން ލޯނުތަކާއި އެހެނިހެން ގޮތްގޮތުން ނަގާފައިވާ ފައިސާ ގިނަ ޢަދަދަކަށް އަނބުރާ ދައްކަންޖެހޭ އަހަރެއްކަން ފާހަގަ ކުރަށްވަމުން ރައީސް ނަޝީދު ވިދާޅުވީ މިއީ ވަރަށް ރިސްކު ބޮޑު އަހަރެއް ކަމަށެވެ. ނަމަވެސް ޚަރަދު ކުރުމުގައި ސަރުކާރުން އެކަންކަމަށް ރަނގަޅަށް ނުބަލާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ހަމައެއާއެކު މިފްކޯގެ ކެޕޭސިޓީ ބޮޑުކުރުމުގެ މަސައްކަތް މަޑުޖައްސާލުމަށް ތަކުރާރުކޮށް ދެންނެވިކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި މިހާރު މިފްކޯގެ މަސައްކަތް ވެސް ނުކުރެވި އެމްޑީޕީގެ ސިޔާސަތާ އެއްގޮތަށް ރަށްރަށުގައި އަޅަން ވައުދުވި މަސްފެކްޓްރީވެސް ނުހެދުނީ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައިވާއިރު އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގެ ފޯރި ގަދަވެ މުޅި ޕާޓީ ވަނީ ދެބައި ވެފައެވެ. ރައީސް ނަޝީދާއި ރައީސް ޞާލިޙްގެ ތާޢީދާއެކު ދެ ބޭފުޅަކު އިންތިޚާބުގައި ވާދަކުރަށްވަމުން ގެންދަވާއިރު ދެފަޅީގެ ބޭފުޅުންވެސް ގެންދަވަނީ އެއްބަޔަކު އަނެއްބަޔަކަށް ސާބިތުނުހިފޭ ޖިނާޢީ ބޮޑެތި ތުހުމަތުތައްވެސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު