ރިސޯޓުތަކުން މިނިމަމްވޭޖް ރަނގަޅަށް ތަންފީޒް ނުކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޓުއަރިޒަމް ޤާނޫނަށް ހުށައަޅާފައިވާ އިސްލާޙަށް ވާހަކަފުޅު ދައްކަވަމުން ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ވިދާޅުވީ، މިސަރުކާރަށް އިގްތިޞާދު މެނޭޖު ކުރަން ނޭނގޭ ކަމަށެވެ. އަދި މިހާރު ރިސޯޓުތަކުން ދިވެހިންނަށް ވަޒީފާ ލިބުމުގައި ދަތިތަކެއް އެބަ ހުރިކަމަށާއި ރިސޯޓުތަކުން މިނިމަމްވޭޖް ރަނގަޅަށް ތަންފީޒު ނުކުރާކަމަށް ޝިޔާމް ވިދާޅުވިއެވެ.
ސަރުކާރުން ޓޫއަރިޒަމް ޤާނޫނަށް ހުށައަޅާފައިވާ އިސްލާޙުގައިވަނީ ރިސޯޓުތަކުން ބިމު ކުލީގެ ގޮތުގައި ނަގަމުން އަންނަ މިންވަރުން ބައެއް އުނިކުރުމަށެވެ. ޝިޔާމް ވިދާޅުވީ މި ސަރުކާރަށް ނުކުރެވޭ ކަންތައްތަކުގެ ވާހަކަ ކޮންމެވެސް ބަޔަކު ރައީސް ޞާލިޙަށް ބުނެދޭންޖެހޭ ކަމަށެވެ. އެގޮތުން ތެލުގެ އަގުބޮޑުވާ ވާހަކަޢާއި ދަރަނިއިތުރުވާކަން ބުނެދޭންޖެހޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
"ނަމެއްގައި މިނިމަމް ވޭޖް ގެނެސް ބަހައްޓާފައި އަނެއްކާވެސް ދިވެހި ދައުލަތަށް އާމްދަނީ ނުލިބޭނެ ގޮތްތައް މިހަދަނީ." ޝިޔާމް މިއަދު ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި ޝިޔާމް ވިދާޅުވީ 2020 ވަނަ އަހަރުގެ ނިޔަލަށް މީރާއަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ގާތްގަނޑަކަށް 17 ބިލިއަން ރުފިޔާއަކީ ރިސޯޓުތަކުގެ ބިމު ކުލި ކަމަށެވެ. އަދި އިތުރަށް އެ ކުލި ކުޑަކުރުމަކީ މާލިއްޔަތަށް ވަރަށްބޮޑު ގެއްލުމެއް ލިބޭނެކަމެއްކަމަށާއި އެކަމުގެ ސަބަބުން ޤައުމު ބަނގުރޫޓުވެދާނެ ކަމަށްވެސް ޝިޔާމް މިއަދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު