އިންޑިއާއައުޓް ބެނާތައް ޤާނޫނާ ޚިލާފު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިމޭރުމުން ވިދާޅުވީ، އިންޑިއާގެ މުސްލިމުންނަށް ކުރަމުން އަންނަ އަނިޔާތައް ކުށްވެރިކޮށް އެކަން ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަމަށް ގެންނަން ދިވެހި ސަރުކާރުން އިސްނެގުމަށް ގޮވާލައި، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅުވަން ނިންމެވި ކުއްލި މައްސަލައަކާ ގުޅިގެން ދެއްކެވި ވާހަކަފުޅުގައެވެ.
އެ މައްސަލަ މަޖިލީހުގެ ގަވާއިދާ ހިލާފު ކަމަށް ވިދާޅުވެ އެ މައްސަލަ ހުށަހެޅުއްވުމަށް މަޖިލީހުގެ ރައީސް ފުރުސަތު ދެއްވާފައެއް ނުވެއެވެ. އެކަމާގުޅިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ އަވަށްޓެރި ގައުމުތަކާ ގުޅޭގޮތުން ބަދުބަސްބުނެ ބޮޑެތި ބެނާތައް، ބޮޑެތި އިމާރާތްތަކަށް ނެގުމަކީ ގާނޫނުލް އުގޫބާތާ ހިލާފު ކަމެއް ކަމަށެވެ. އަދި އެތަކެތި ފުލުހުން ނަގަންޖެހޭނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި މާލޭގެ ބޮޑެތި އިމާރާތްތަކަށް އަވަށްޓެރި ގައުމުތަކާ ގުޅޭގޮތުން ބަދުބަސްބުނެ ބޮޑެތި ބެނާތައް ނަގާފައި ހުރުމަކީ ގާނޫނުލްއުގޫބާތާ ހިލާފު ކަމެއް. އާންމު މަސްލަހަތާ ހިލާފުކަމެއް. އެތަކެތި އަޅުގަނޑު ދެކޭގޮތުގައި ވަގުތުން ވަގުތަށް ފުލުހުން ނަގަންޖެހޭނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ އަވައްޓެރި ޤައުމުތަކުގެ ދާޚިލީ ކަންކަމާ ގުޅޭގޮތުން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރުމުގެ ފުރުސަތު ދިނުމަކީ ފެނިވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ. އަދި ޑިމޮކްރެޓިކް ހަމަތަކުގެ ތެރެއިންވެސް އެކަން ނުކުރެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިބީދައިން ވާހަކަފުޅު ދައްކަވާފައިވާއިރު އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތުގެ ދަށުން، ރައީސް ޔާމީންގެ ގެކޮޅުގައި އިއްޔެވަނީ އިންޑިއާ އައުޓް ބޮޑު ބެނާއެއް ނަގާފައެވެ.

ކިޔުންތެރިންގެ ހިޔާލު