އައްޑޫ ސިޓީގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކޮށް ހައްޔަރުކުރި އާމިން ދައްތަގެ ބަންދަށް ހައިކޯޓުންވެސް ތާޢީދުކޮށްފިއެވެ.
އައްޑޫ ސިޓީގައި 6 އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި 59 އަހަރުގެ އާމިންދައްތަ ވަނީ ހައްޔަރު ކޮށްފައެވެ. ފުލުހުން ހައްޔަރުކޮށްފައިވާ 59 އަހަރުގެ އާމިންދައްތައަކީ ކުޑަ ކުއްޖާ ތައުލީމް ހާސިލްކުރާ ޝަރަފުއްދީން ސްކޫލްގައި 30 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތު މީހެއްގެ ވަޒީފާ އަދާކޮށްފައިވާ މީހެކެވެ.
ހައިކޯޓުން މިއަދު ވަނީ އައްޑޫގައި ކުޑައަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރުކުރި އަންހެން މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ހިތަދޫ ކޯޓުން ނެރުނު އަމުރަށް ތާޢީދުކޮށްފައެވެ. ހައިކޯޓުން ނިންމާފައިވަނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށެވެ.
އާމިންދައްތަ ދޫކޮށްލަން ގޮވާލާ ގިނަ ޢަދަދެއްގެ މީހުންގެ ސޮޔާއެކު އޭނާގެ ޢާއިލާގެ ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީހާއި އެޗްއާރުސީއެމާއި ޖެންޑާ މިނިސްޓްރީ އާއި ފުލުހުންނަށާއި އައްޑޫ ސިޓީ ކައުންސިލަށް ޕެޓިޝަނެއްވެސް ހުށައަޅާފައެވެ.
ޖިންސީ ގޯނާގެ ޝިކާރައަކަށްވި 6 އަހަރުގެ ކުޑަކުއްޖާއަށް ޖިންސީ ގޯނާކުރީ އެކުއްޖާގެ ކާފަ ކަމަށް އެ ކުއްޖާ ތަހުގީގަށް ކިޔައިދީފައިވާކަމަށް އެ މައްސަލާގައި ހައްޔަރުކުރި އަންހެން މީހާގެ އާއިލާއިން ގެންދަނީ ބުނަމުންނެވެ.
މި މައްސަލާގައި ފުލުހުން ބުނެފައިވަނީ، މިކަމާ ގުޅިގެން އެކި ފަރާތްތަކުން ފުލުހުންނާއި ހިއްސާ ކުރަމުންދާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި އެ މައުލޫމާތުތަކުގެ ސައްހަކަން ކަށަވަކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މައްސަލައާ ގުޅިގެން ހޯދަންޖެހޭ ހެއްކާއި ގަރީނާ ހޯދައި، އިތުރު ފަރާތެއް މިމައްސަލާގައި ޝާމިލުވޭތޯ ބެލުމަށް ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުން ގެންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މިކަމާއި ގުޅިގެން އައްޑޫގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންއޮތް މިފަދަ މައްސަލައެއްގައި ފުލުހުން، ރައްޔިތުންނަށް ދެވެންއޮތް މިންވަރަކުން މަޢުލޫމާތު ދޭންޖެހޭކަމަށެވެ. އަދި ޖެންޑަރ މިނިސްޓްރީންވެސް މިކަމުގައި އެއްބާރުލުން ދޭންޖެހޭކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި މި މައްސަލައާއި ގުޅިގެން ރައްޔިތުން ކުރަމުންދާ ތުހުމަތުތަކަށް ބަލާލުން ރަނގަޅުކަމަށްވެސް ނިޒާރު ވިދާޅުވެފައިވެއެވެ.
މި މައްސަލައާއި ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ ކުޑަކުދިންނަށްކުރާ މިފަދަ ގޯނާތަކަކީ ސީރިއަސް މައްސަލަތަކެއް ކަމަށާއި އެހެންކަމުން މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި އެކަމުގައި ޝާމިލުވާ އެންމެންގެ މައްސަލަތައް ވަކިވަކިން ތަހުގީގުކޮށް ދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު